Ads by Exprox

ޚަބަރު

ސްޓެލްކޯއިން ފަންޑުކޮށްގެން ސޯލާ ފޮޓޯވޯލްޓެއިކް އެނަރޖީ ސްޓޯރޭޖްގެ މަޝްރޫޢުއެއް ފަށަނީ

ސްޓެލްކޯއިން ފަންޑުކޮށްގެން ސޯލާ ފޮޓޯވޯލްޓެއިކް އެނަރޖީ ސްޓޯރޭޖްގެ މަޝްރޫޢުއެއް ފަށަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ނޮވެމްބަރު 2024، 02:46

26 ނޮވެމްބަރު 2024، 02:46

ދިވެހިރާއްޖޭގެ ކަރަންޓު އުފެއްދުމުގެ ދާއިރާގައި އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އައު މަޝްރޫޢެއް ފަށައިފާވަކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ ސޯލާ ފޮޓޯވޯލްޓެއިކް (ޕީވީ) ސިސްޓަމްތަކާއި ބެޓެރީ އެނަރޖީ ސްޓޯރޭޖް ހިމެނޭ، މުޅިން އަލަށް ފަށާ މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢުގެ ހުރިހާ ޚަރަދެއް ކުރަނީ ސްޓެލްކޯއިން ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖެ އިޔާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތަކާ ދިމާއަށް ގެންދިއުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ލީޑަރޝިޕާއި ވިޝަން ދައްކުވައިދޭ މަޝްރޫޢެއް ކަމަށްވެސް ފަހުމީގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކުރީގެ ސަރުކާރުގެ ދައުރުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގި މަޝްރޫޢު ހަލާކުވެ، ނައްތާލަން ޖެހުނު ކަމަށް ސްޓެލްކޯއިން ވަނީ  އަދި މިހާރު މި ފަށާ މަޝްރޫޢަކީ އެ މަޝްރޫޢާ އެއްވެސް ގުޅުމެއް ނެތް، މުޅިން އަލަށް ފަށާ މަޝްރޫޢެއް ކަމަށާއި، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށާއި ހަކަތައިގެ މިނިވަންކަން ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ސަރުކާރުގެ ދައުރުގައި އޭޑީބީގެ އެހީގައި ހިންގި މަޝްރޫޢުގެ ޙާލަތު ބެލުމަށް ވ. ރަކީދޫއަށް ޒިޔާރަތްކުރުމަށް ސްޓެލްކޯއިން ދަޢުވަތު ދެއްވާކަމަށާއި އަދި މިކަމުން އައު ސަރުކާރުގެ ދަށުން ކުރެވިފައިވާ ކުރިއެރުންތައް އިތުރަށް ދެނެގަނެވޭނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco