Ads by Farudhun

ޚަބަރު

ނައިފަރަށް ބަގުރާ އެތެރެކުރިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

ނައިފަރަށް ބަގުރާ އެތެރެކުރިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

ނައިފަރުން ހައްޔަރުކުރި އިބްރާޙިމް ތިހްނާން---

farudhun logo

ފަރުދުން

25 މޭ 2026، 04:12

25 މޭ 2026، 04:12

ފާދިއްޕޮޅު ނައިފަރަށް ބަގުރާ އެތެރެކުރިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. ކާށިދޫ / ވިލާރަތްލާގެ، އުމުރުން 18 އަހަރުގެ އިބްރާހީމް ތިހްނާން ޛަހީންއެވެ.

ނައިފަރު ޕޮލިސް ސްޓޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 24ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި އޭނާ ބަލައިފާސްކުރުމުގެ ތެރެއިން 3 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވަނީ  މަޢުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން އިބްރާހީމް ތިހްނާން ޛަހީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ބަނގުލަރުގެ މައްސަލަތައް އާންމުވެފައިވާއިރު މި މަހުގެ 21ވަނަ ދުވަހު ދެ ކޭސް ބަނގުރަލާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދޯދިލް / ފ. ފީއަލި، މައިޝަމް މުޙައްމަދު (20އ) އާއި، ކުޅުދޫ. ގުލްފާމްގެ / ނ. ކެނދިކުޅުދޫ، ޒަޔާން ޔޫސުފް (23އ) އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450