Ads by Exprox

ޚަބަރު

ފުރުޤާން މިސްކިތަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ފުރުޤާން މިސްކިތަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ފުރުޤާން މިސްކިތައް ގެއްލުންދިން މައްސަލާގައި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ނޮވެމްބަރު 2024، 03:05

26 ނޮވެމްބަރު 2024، 03:05

މާލެ ސިޓީ ގަލޮޅުގައި ހުންނަ ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ. 

މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ގ.މާލެ ހިޔާ 2 13-02 ނައުޝާދު މޫސާ ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އަދި ނައުޝާދުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. 

ފުރުޤާން މިސްކިތަށް ގެއްލުންދިން މައްސަލަ ފާހަގަ ކުރެވިފައިވަނީ 24 ނޮވެންބަރު 2024 ގެ ފަތިސްނަމާދަށް މިސްކިތަށް ހާޒިރު ވި މީހުންނަށެވެ.

މިކަން ފާހަގަކޮށް ފުރުޤާން މިސްކިތައް އެވަގުތު ހާޒިރުވި ދީނީ ޢިލްމު ވެރިޔާ އާދަމް ނިޝާން ވަނީ އެކަން ފާހަގަކޮށް ސޯޝަލް މީޑިއާ ޕޯސްޓެއް ކުރައްވައިފައެވެ.



ޝައިޙް އާދަމް ނިޝާން ވިދާޅުވެފައިވަނީ އެރޭގެ ފަތިސް ނަމާދުގެ ކުރިން މިސްކިތައް ގެއްލުންދީ މިސްކިތުގައި ހުރި މުސްޙަފް ތަކަށް ގެއްލުންދީފައިވާ ކަމަށެވެ.

އަދި އިމާމް ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެޔަށް ޖަހައިފައިހުރި އެޑެޕްޓަރުތަކަށްވެސް ގެއްލުންދީފައިވާ ކަމަށް ޝައިޙް ނިޝާން ވަނީ ވިދާޅުވެފައެވެ.

ޝައިޙް ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ މިސްކިތައް ޢާންމުކޮށް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ ޒުވާނެއް” ކަމަށެވެ. އަދި މީގެކުރިންވެސް އެތައް ފަހަރަކު އޭނާ މިސްކިތަށާއި މިސްކިތުގައި ހުންނަ މުސްޙަފްތަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco