Ads by Farudhun

ޚަބަރު

ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީގޮތުން ބަންދުކޮށްފި

ހުޅުމާލެ ލަކުޑި ޖެޓީ ވަގުތީގޮތުން ބަންދުކޮށްފި

ހުޅުމާލެ ލަކުޑި ޖެޓީ ސަރަޙައްދު ފޮޓޯ: ޓްރިޕް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2026، 04:40

26 މޭ 2026، 04:40

ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައި އޮންނަ ލަކުޑި ޖެޓީއަށް ބާޖެއް ކަހާލައިގެން ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ސަރަހައްދު މިއަދުން ފެށިގެން ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ލަކުޑި ޖެޓީއަށް ބާޖެއް ގާތްކުރަން އުޅުމުގެ ތެރޭގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، މި ވަގުތު އެ ޖެޓީ ބޭނުންކުރުމަކީ އާންމު ރައްޔިތުންނަށް ރައްކާތެރިކަމެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ، ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި އެސެސްމަންޓްތައް ހަދައި، މަރާމާތުގެ މަސައްކަތް ނިމެންދެން ލަކުޑި ޖެޓީއަށް އެރުމާއި އެއްވެސް ބޭނުމަކަށް އެ ތަން ބޭނުންކުރުމަކީ މިއަދުން ފެށިގެން މަނާކަމެއް ކަމަށެވެ. އަދި ޖެޓީ އަލުން ހުޅުވާލާނީ މަރާމާތުތައް ނިމި، އެތަނަކީ ބޭނުންކުރަން ރައްކާތެރި ތަނެއްކަން ކަށަވަރުވުމުން ކަމަށްވެސް އެޗްޑީސީން ބުނެއެވެ.



މަރާމާތުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް ބޭނުމަކު ލަކުޑި ޖެޓީ ބޭނުން ނުކުރުމަށް އެޗްޑީސީން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

މި ނިންމުމުގެ ސަބަބުން އާންމުންނަށާއި ލޯންޗުފަހަރު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. މީގެ އިތުރުން، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުން ދެއްވާ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450