Ads by Farudhun

ޚަބަރު

ޢީދު ފާހަގަ ކުރުމަށް އޭދަފުއްޓާއި ވެލިދޫގައި މިރޭ ހަވާ އަރުވަނީ

ޢީދު ފާހަގަ ކުރުމަށް އޭދަފުއްޓާއި ވެލިދޫގައި މިރޭ ހަވާ އަރުވަނީ

ނ. ވެލިދޫގައި ކުރިޔަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ވެލިދޫ ކައުންސިލް

farudhun logo

ފަރުދުން

27 މޭ 2026، 06:19

27 މޭ 2026، 06:19

އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން މިރޭ ހދ. ކުޅުދުއްފުއްޓާއި ނ. ވެލިދޫގައި ހަވާ އެރުވުމުގެ ހަރަކާތެއް ކުރިޔަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.

އެގޮތުން ނ. ވެލިދޫގެ ހަވާ އެރުވުމުގެ ހަރަކާތް އޮތީ 20:45ގައެވެ. މިއީ ވެލިދޫ ކައުންސިލް އިދާރާއިން އެ ރަށުގައި ޢީދު ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް އޮތީ ވެލިދޫ ބަނދަރު ސަރަޙައްދުގައެވެ.

ވެލިދޫއަކީ ޢީދު ފާހަގަ ކުރުމަށް ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ ރަށެކެވެ. އެގޮތުން ޢީދު ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ޢީދު ވިލޭރޭ ވަނީ ޢީދު މަޅި ޖެހުމާއި ރަންފޮށި އުފުލުން ކުރިޔަށް ގެންގޮސްފައެވެ. އަދި މިއަދު "މާލެ ބައްތެލި" އާއި "ތަފާތު މާލި ބުރުގާ ގަހާއެކު" ގެ ނަމުގައި ވެސް ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މީގެއިތުރުން ވެސް ސަގާފީ ގިނަ ހަރަކާތްތަކާއި ގިނަ ކުޅިވަރު ހަރަކާތްތަކެއް ވެސް ވަނީ ތާވަލުކޮށްފައެވެ.

އޭދަފުށީގައި ހަވާއެރުވުން އޮތީ މިރޭ 22:00ގައެވެ. މި ހަރަކާތް އިންތިޒާމު ކުރަނީ ކްލަބް ކޮމްބިނޭޝަން (ސީސީ)އެވެ. 

ހަވާ އެރުވުމުގެ އިތުރުން އެ ރަށުގައި ވެސް ޢީދު ފާހަގަ ކުރުމަށް އަންނަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450