Ads by Farudhun

ޚަބަރު

ޝަހުޒާން މިހަދަނީ ކަނޑައެޅިގެން %100 ދޮގު : ވަޒީރު އިޙްސާން

ޝަހުޒާން މިހަދަނީ ކަނޑައެޅިގެން %100 ދޮގު : ވަޒީރު އިޙްސާން

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ފޯޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 މޭ 2026، 12:20

28 މޭ 2026، 12:20

 ޖަލުގައި ބަންދުކޮށްފައި ހުރި ޝަހުޒާން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން 100 އިންސައްތަ ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ، ޖަލުގައި ހިނގާދިޔަ ކަންތައްތަކަކާ ގުޅޭގޮތުން ފެތުރެމުންދާ މައުލޫމާތުތަކާ ގުޅިގެން ހަގީގަތް ހާމަކުރައްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، 15 މޭ 2024 ވީ ދުވަހު އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން، އެ ރޭގެ 19:35 ހާއިރު ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ކަރެކްޝަންސްގެ އޮފިސަރުން ވަނީ ބަލައި ފާސްކޮށްފައެވެ.

މި ބަލައި ފާސްކުރުން ކުރިއަށް ގެންދިޔައީ އެ ދެ މީހުންގެ ހާޒިރުގައެވެ. އެ ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އެއްޗެހީގެ ތެރެއިން މޮބައިލް ފޯނެއް ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމާ ގުޅިގެން، ޖަލުގެ އުސޫލުތަކާ އެއްގޮތަށް، މައްސަލަ ބަލައި ނިމެންދެން އެ ދެ މީހުން މިހާރު ތިބީ މޮނީޓަރު ކުރެވޭ ގޮތަށް ވަކި ދެ ގޮޅިއެއްގައެވެ. އަދި އެ ގޮޅިތައް ގަވާއިދުން ބަލައި ފާސްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއީ ވަކި ގައިދީއަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ޖަލުގައި ހިނގާ މިފަދަ އިދާރީ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮތް ނިންމަވާ ކަންކަން ނޫން ކަމަށާއި، އެމަނިކުފާނު ދުވަހަކުވެސް ޖަލުގެ މިފަދަ ކަންކަމަށް އިރުޝާދެއް ދެއްވާފައި ނުވާ ކަމަށް އިހްސާން ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ތިން ނޫސްވެރިއަކު މި ދެ ގައިދީން ވަކި ގޮޅިއަކަށް ބަދަލުކުރި މައްސަލާގައި ސުވާލު ކުރުމުން، އެކަމުގެ ހަގީގަތް އެ ބޭފުޅުންނަށް ކިޔައިދެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، އެއްވެސް ނޫސްވެރިއަކު އެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދީ ރިޕޯޓެއް ނުވަތަ ޚަބަރެއް ލިޔެފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ މައުލޫމާތު ހާމަކުރިނަމަ ޝަހުޒާން ހަދަނީ ދޮގުކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ސ

ސައްލޭ

28/05/2026 13:13

ރައީސް ނޫސްވެރިންނާ ޖެހިގެން އުޅުމަކީ ދެރަވަރު ކަމެއް. ދާދި އަވަހަށް ބަދަލު ހިފާނަން. އައްޕަތުރޭ އެއީ ބޮނޑު އަގައެއް. ދެބަފައިން ވެގެން ވޯޓެއް ނުލިބުނު. ފޮނި ކަޑަނީ.