Ads by Farudhun

ޚަބަރު

ޖަލުގެ ކަންކަމާ ރައީސް ބެހިވަޑައި ނުގަންނަވާނެ: ވަޒީރު އިޙްސާން

ޖަލުގެ ކަންކަމާ ރައީސް ބެހިވަޑައި ނުގަންނަވާނެ: ވަޒީރު އިޙްސާން

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ފޮޓޯ؛ އެމްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 މޭ 2026، 12:50

28 މޭ 2026، 12:50

ޝަހުޒާން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން 100 އިންސައްތަ ދޮގު ވާހަކަތަކެއް ކަމަށާއި، ޖަލުގައި ހިނގާ މިފަދަ އިދާރީ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮތް ނިންމަވާ ކަންކަން ނޫން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ، ޖަލުގައި ހިނގާދިޔަ ކަންތައްތަކަކާ ގުޅޭގޮތުން ފެތުރެމުންދާ މައުލޫމާތުތަކާ ގުޅިގެން ހަގީގަތް ހާމަކުރައްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، 15 މޭ 2024 ވީ ދުވަހު އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން، އެ ރޭގެ 19:35 ހާއިރު ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ކަރެކްޝަންސްގެ އޮފިސަރުން ވަނީ ބަލައި ފާސްކޮށްފައެވެ.

މި ބަލައި ފާސްކުރުން ކުރިއަށް ގެންދިޔައީ އެ ދެ މީހުންގެ ހާޒިރުގައެވެ. އެ ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އެއްޗެހީގެ ތެރެއިން މޮބައިލް ފޯނެއް ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމާ ގުޅިގެން، ޖަލުގެ އުސޫލުތަކާ އެއްގޮތަށް، މައްސަލަ ބަލައި ނިމެންދެން އެ ދެ މީހުން މިހާރު ތިބީ މޮނީޓަރު ކުރެވޭ ގޮތަށް ވަކި ދެ ގޮޅިއެއްގައެވެ. އަދި އެ ގޮޅިތައް ގަވާއިދުން ބަލައި ފާސްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއީ ވަކި ގައިދީއަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ޖަލުގެ މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަން ނޫން ކަމަށާއި، އެމަނިކުފާނު ދުވަހަކުވެސް ޖަލުގެ މިފަދަ ކަންކަމަށް އިރުޝާދެއް ދެއްވާފައި ނުވާ ކަމަށް އިޙްސާން ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ތިން ނޫސްވެރިއަކު މި ދެ ގައިދީން ވަކި ގޮޅިއަކަށް ބަދަލުކުރި މައްސަލާގައި ސުވާލު ކުރުމުން، އެކަމުގެ ހަގީގަތް އެ ބޭފުޅުންނަށް ކިޔައިދެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، އެއްވެސް ނޫސްވެރިއަކު އެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދީ ރިޕޯޓެއް ނުވަތަ ޚަބަރެއް ލިޔެފައި ނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ މައުލޫމާތު ހާމަކުރިނަމަ ޝަހުޒާން ހަދަނީ ދޮގުކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖަލަށް ވެއްދުން މަނާ ތަކެތި ގޮޅިން ފެނުނު މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
އ

އަބޫ

28/05/2026 12:59

ކުރިން އިހުސާނުތީ ވަރަށް ގިނަދިވެހިން އިތުބާރުކުރި ބޭފުޅެއް ޚާއްޞަކޮށް ބިދޭސީންގެ، ޑްރަގު ލޯޑުންގެ ކަންކަމުގަ ، ތިޔަ ސޯފާއަކާ ޖެހުނުފަހުން ހުރިހާކަމެއް ހަރާބު....

ކ

ކޮރަކަލި

28/05/2026 13:24

ޖަލަށް ވެދުން މަނާތަކެތި ޖަލަށް ވެއްދޭނީ ޖަލު ބަލަހައްޓާ އޮފިސަރުން ގެ އިހުމާލުން