ޚަބަރު
އިޓަލީގެ ދެ ޑައިވަރެއްގެ އޮޓޮޕްސީ ރިޕޯޓު ލިބިއްޖެ
އިޓަލީގެ ޑޑައިވަރުން ހޯދަންކުރި ރެސްކިއު ޑައިވްގެ ތެރެއިން / ފޮޓޯ: ޑޭން ޔޫރަޕް
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަންދިޔަ އިޓަލީގެ ފަތުރުވެރިންތަކެއް މަރުވުމުގެ ހާދިސާއާ ގުޅިގެން، އެ މީހުންގެ މަރުގެ ހަޤީޤަގް ހޯދުމަށް އޮޓްޕްސީ ހަދާފައިވާއިރު، އެ ތަނުން ދެ މީހެއްގެ ޓެސްޓުގެ ވަގުތީ ނަތީޖާ ލިބިފައިވާކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އެގޮތުން ނަތީޖާ ލިބިފައި ވަނީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރ، މޮނިކާ މޮންޓެފަލްކޯން، 51، އާއި އޭނާގެ ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް ކަމުގައިވާ ޖޯޖިއާ ސޮމާކަލް، 20ގެއެވެ.
އެ ދެ މީހުންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ދެ މީހުން މަރުވެފައި ވަނީ ގެނބިގެން ނުވަތަ އޮކްސިޖަން ނުލިބިގެން ނުވަތަ ހުސްވެގެންނެވެ.
މި ތަހުލީލުތަކުގެ ދާއިމީ ނަތީޖާ ލިބުމަށް ތިން މަސް ހޭދަވާނެކަމަށް ބެލެވޭކަމަށް ވެސް ހާމަކޮށްފައި ވެއެވެ.
އިޓަލީގެ ރޯމްގައި ކުރިޔަށްދާ މި ތަޙުޤީޤަށް ބޭނުންވާ ބައެއް ލިޔުކިޔުމާއި އެހެނިތަކެތި ހޯދުމަށް ރާއްޖޭގެ ކަމާގުޅޭ އިދާރާތަކުގެ އެހީތެރިކަން ވެސް ހޯދާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.