Ads by Farudhun

ޚަބަރު

ޢީދު ފާހަގަ ކުރަންވާނީ އިސްލާމީ ސަޤާފަތާއި އެއްގޮތައް: ވަޒީރު ޝަހީމް

ޢީދު ފާހަގަ ކުރަންވާނީ އިސްލާމީ ސަޤާފަތާއި އެއްގޮތައް: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޝަހީމް. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2026، 09:55

28 މޭ 2026، 09:55

 ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި އުޞޫލުތަކާ އެއްގޮތަށް ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޢަޟްޙާ ޢީދުގެ މުނާސަބަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި މެސެޖެއްގައި ވިދާޅުވީ އަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް މާތްﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ.

ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިފައިވާ މި ޢީދުގެ މުނާސަބަތުގައި، ޙައްޖުވެރިން މަޝާޢިރުތަކުގައި ތަލްބިޔާ ކިޔައި މާތްﷲ އެއްކައުވަންތަކޮށް، އެކަލާނގެ ޝިޢާރުތައް މަތިވެރިކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުޅި އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފަސް ނަމާދުގެ ފަހުގައި ތަކުބީރުގެ އަޑު އިވެމުންދާ މި ދަނޑިވަޅުގައި، ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ހަމަތަކަށް ސަމާލުކަން ދިނުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޢީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ ޢީދެއްގެ މަތިވެރިކަން ދަމަހައްޓަންޖެހޭނެ ކަމަށެވެ. "ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޢީދުގެ ހަރަކާތްތަކުގެ ތެރޭގައި އިސްލާމީ އަޚުލާޤާއި ރިވެތި އުޞޫލުތަކަށް ރައްކާތެރިވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. ޢީދަކީ އުފާވެރިކަމުގެ މުނާސަބަތަކަށް ވާއިރު، އެ އުފާވެރިކަން ފާޅުކުރުމުގައި ދީނީ އިމުގެ ތެރޭގައި ތިބުމުގެ މުހިންމުކަން ވަޒީރުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450