ސައިންސް / ދުނިޔެ

ޖަޕާނުގެ އައްސޭރިފަށުގައި " ކަކުނީގެ" އަހަރީ ނެށުން ހުށައަޅައިފި

ޖަޕާނުގެ އައްސޭރިފަށުގައި " ކަކުނީގެ"  އަހަރީ ނެށުން ހުށައަޅައިފި

ފިޑްލަރ ކަކުނި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2026، 01:47

29 މޭ 2026، 01:47

ޖަޕާނުގެ އައްސޭރިފަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މިދުވަސްވަރު ފެންނަމުންދަނީ ވަރަށް މަދުން ނޫނީ ނުފެންނަ، ހިތްގައިމު މަންޒަރެކެވެ. އެއީ އެ ގައުމުގެ އައްސޭރިފަށުގައި ދިރިއުޅޭ "ފިޑްލާ ކްރެބް" ނުވަތަ ކަކުނިތަކެއް ހޮރުން ބޭރަށް ނިކުމެ، އެސޮރުމެންގެ ހާއްސަ އަހަރީ "ނެށުން" ހުށަހަޅައިދޭ މަންޒަރެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ކަކުނިތައް ކޮންމެ އަހަރަކުވެސް ދިޔަވަރުހިކޭ ވަގުތުތަކުގައި ހޮރުހޮރުން ބޭރަށް ނިކުމެއެވެ. މި ވަގުތުތަކުގައި ފިރިހެން ފިޑްލާ ކްރެބްތައް އެސޫތްޕެއްގެ ކަކުނި ފައި ނުވަތަ "ކްލޯ" ތައް މައްޗަށް ހިއްލާ، އެއްވަރަކަށް ތިރިކޮށް ހަރަކާތްކުރެއެވެ.

މިއީ ހިތްގައިމު މަންޒަރެކެވެ. މި ކަކުނިތަކަކީ ހަށިގަނޑުގެ ބޮޑުމިނުގައި ބައި އިންޗިވެސް ހަމަނުވާ ވަރަށް ކުދި ސޫތްޕެކެވެ. އިލްމީ މާހިރުން ފާހަގަކުރާ ގޮތުގައި، މި ކަކުނިތައް މިގޮތަށް އެއްވަރަކަށް ހަރަކާތްކުރަނީ ކީއްވެގެންކަން ސީދާ ސާފުނުވި ނަމަވެސް، ބެލެވެނީ މިއީ އަންހެން ކަކުނިތައް ކައިރިއަށް ގެނައުމަށް ނުވަތަ އެހެން ފިރިހެން ކަކުނިތަކަށް ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

މި ކަކުނިތައް ގިނަ އަދަދަކަށް ފެންނަން ފަށަނީ ހޫނު މޫސުން ފެށޭ ދުވަސްވަރާ ދިމާކޮށެވެ. އެގޮތުން މެއި މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް މި ކަކުނިތަކުގެ ދަރިމައިވުމުގެ މޫސުން ކުރިއަށްދާއިރު، މިއީ އެ ސަރަހައްދުގެ ތިމާވެށީގެ ތަފާތު މަންޒަރެއް ބަލާލަން ބޭނުންވާ ފަރާތްތަކަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450