Ads by Farudhun

ޚަބަރު

ދިވެހި ޙައްޖުވެރިން މިނާގެ އަޅުކަން ނިންމައި މައްކާއަށް އެނބުރި ދާން ފަށައިފި

ދިވެހި ޙައްޖުވެރިން މިނާގެ އަޅުކަން ނިންމައި މައްކާއަށް އެނބުރި ދާން ފަށައިފި

ދިވެހި ޙައްޖުވެރިން މިނާގެ އަޅުކަން ނިންމައި މައްކާއަށް އެނބުރި ދިއުން ފޮޓޯ: ޙައްޖު ކޯޕަރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2026، 04:48

29 މޭ 2026، 04:48

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ޙައްޖުވެރިން، މިނާގައި ކުރަންޖެހޭ އަޅުކަންތައްތައް ނިންމުމަށްފަހު އެނބުރި މައްކާއަށް ދިއުމުގެ ދަތުރު މިއަދު ފަށައިފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މިނާއިން މައްކާއަށް އެނބުރި ދިއުމުގެ އިންތިޒާމުތައް ވަރަށް ބަރާބަރަށް ކުރިއަށްދާ ކަމަށާއި، ހުރިހާ ޙައްޖުވެރިންވެސް މިއަދުގެ ވަގުތެއްގައި މައްކާއަށް ގޮސް ނިމޭނެއެވެ. 

ތަޝްރީޤުގެ ދުވަސްތަކުގެ ތެރެއިން މިއަދަކީ މިނާގައި ހޭދަކުރާ ފަހު ދުވަސް ކަމަށްވާއިރު، ދިވެހި ހުރިހާ ޙައްޖުވެރިންވެސް މިއަދު ވަނީ ތިން ޖަމްރާއަށް ހިލައުކުމުގެ އަޅުކަން ފުރިހަމަކޮށްފައެވެ.

ޙައްޖު ކޯޕަރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، ޞިއްޙީ ހާލަތު ހުރިގޮތުން ނުވަތަ އެނޫންވެސް ސަބަބުތަކާހުރެ ހިނގާފައި ޖަމުރާއަށް ހިލައުކަން ދިއުމަށް އުޒުރުވެރިވާ ޙައްޖުވެރިންނަށް ވަނީ ޚާއްޞަ އިންތިޒާމެއް ހަމަޖައްސާފައެވެ. އެގޮތުން އެފަދަ ޙައްޖުވެރިން މިނާއިން މައްކާއަށް ގެންދިއުމަށްޓަކައި ބަހުގެ ދަތުރުތައް މިހާރު ވަނީ ފަށާފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450