Ads by Farudhun

ޚަބަރު

މިރޭ މާލޭގައި ހަވާއަރުވަނީ

މިރޭ މާލޭގައި ހަވާއަރުވަނީ

މިރޭ ހަވާއަރުވަނީ އަޟްޙާ ޢިދުގެ މުނާސަބަތުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މޭ 2026، 11:34

30 މޭ 2026، 11:34

މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މިރޭ މާލެ ސަރަޙައްދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްދާނީ ވިލިމާލެއާ ދިމާ ބޭރުންނެވެ. މި ހަރަކާތް އޮންނާނީ މިރޭ 21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި ގާތްގަނޑަކަށް 5 މިނެޓުގެ ވަގުތަކަށް ހަވާ އެރުވުން ކުރިއަށްދާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ޢީދު ފާހަގަކުރުމުގެ ކުލަގަދަ ހަރަކާތްތައް
މިއަހަރުގެ އަޟްޙާ ޢީދު މާލެއާއި އަތޮޅުތެރޭގައި ވަރަށް ކުލަގަދަކޮށް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މާލޭގެ ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު ސަރަހައްދުގައި ސަލާމަތީ ބާރުތަކުން އިސްނަގައިގެން ވަނީ ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބާއްވާފައެވެ. ޢީދު ބަންދުގެ ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގައި އެމްއެންޑީއެފާއި ފުލުހުންގެ ސްޓޯލްތަކުން ތަފާތު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ.

ހުޅުމާލޭގެ ދެ ފިޔަވަހީގައިވެސް ޢީދުގެ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ވަނީ ވަރަށް ފޯރިއާއެކު ކުރިއަށްގެންގޮސްފައެވެ. ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކުގައި އެމްއެންޑީއެފާއި، ފުލުހުންގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތަކެއް ކަމަށްވާ ޕީއެސްއެމް، އެޗްޑީސީ، ސްޓެލްކޯ، ވެމްކޯ، އެމްޕީއެލް، އެމްއޭސީއެލް އަދި އެމްޑަބްލިއުއެސްސީން ގުޅިގެން ވަނީ ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކެއް އިންތިޒާމުކޮށްފައެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކު ސަރަޙައްދުގައި އެމްއެންޑީއެފާއި ވެމްކޯ ގުޅިގެން ވަނީ ޢާއިލީ ހަވީރެއް ބާއްވާފައެވެ. މި ހަރަކާތްތަކަކީ ޢީދުގެ އުފާވެރިކަން ރައްޔިތުންނަށް، ޚާއްސަކޮށް ކުޑަކުދިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުގެ ކުންފުނިތަކާއި ސަލާމަތީ ބާރުތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450