Ads by Farudhun

ޚަބަރު

ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޖަލްސާ މާދަމާ ހެނދުނު އޮންނާނެ

ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޖަލްސާ މާދަމާ ހެނދުނު އޮންނާނެ

ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް---

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމުގެ ޖަލްސާ އާދީއްތަ ދުވަހުގެ 9:00އަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކުރީ މިދިޔަ މޭ މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގައެވެ. ނާޒިމުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމަށް 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅޭ ބަހުސްގައި މުޅި މައްސަލައަށް އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން މެންބަރުން ބަހުސްކުރުމަށް 50 މިނިޓު ހާއްސަކޮށްފައިވާއިރު، އަމިއްލަ ދިފާއުގައި ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް 10 މިނިޓުގެ ވަގުތެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް ވަކިކުރުމުގެ ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަވުމަށްފަހު ފުރަތަމަ އަންނަ ރަސްމީ ދުވަހެއްގައި އެ މައްސަލައާމެދު ގޮތެއް ނިންމަން ޖަލްސާއެއް ބާއްވަންޖެހެއެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ނައިބުރައީސް މަގާމުން ވަކިކުރުމަށް ބޭނުންވަނީ އެ ޖަލްސާގައި ބައިވެރިވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450