ޚަބަރު
އާޓިފިޝަލް ބީޗްގައި މާރާމާރީ ހިންގި ބިދޭސީންގެ މައްސަލަ ބަލަނީ
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް---
އާޓިފިޝަލް ބީޗްގައި މާރާމާރީ ހިންގި ބިދޭސީންގެ މައްސަލަ ތަޙުޤީޤު ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައި ވަނީ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ބިދޭސީންތަކެއް މެދުގައި މާރާމާރީއެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މާރާމާރީގެ މައްސަލަ، އެ އިދާރާގެ ސަމާލުކަމަށް އައީ އެއްވެސް ފަރާތަކުން އެކަން ރިޕޯޓުކޮށްގެނެއް ނޫނެވެ. ނަމަވެސް މާރާމާރީއަކީ ޖިނާއީ ކުށަކަށް ވާތީ އެ މައްސަލަ ބެލުމަށް ނިންމީކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުން، އެ ބިދޭސީން ދިޔައީ އެކަކު އަނެއްކަކަށް ޖިސްމާނީ އަނިޔާ ދެމުންނެވެ. އަދި އެއްބަޔަކު އެކަން ހުއްޓުވަން މަސައްކަތް ކުރާތަން ފެނެއެވެ.
ދިވެހީންގެ ރާއްޖެ
31/05/2026 02:09
މައްސަލަ ބަލަނީ ކީއްކުރަން. ވީޑިއޯއިން ޖެހިތަން ފެންނަ ކޮންމެ މީހަކު ޑީޕޯޓްކޮށްލާ ވަގުތުން. އެއްވެސް އެހެން ގޮތެއް ދައްކާނެކަމެއްނެތް. މާރާމާރީފަދަ އެހެން މީހަކަށް ގެއްލުންދޭ ކޮންމެ ކަމެއްގައި ވަގުތުން ހައްޔަރުކޮށްފައި ބަހައްޓާފައި ޑީޕޯރޓްކޮށްލަންވީހަމަ.