Ads by Farudhun

ޚަބަރު

ދުންފަތުގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއް: މެޑަމް ސާޖިދާ

ދުންފަތުގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެއް: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2026، 09:18

31 މޭ 2026، 09:18

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ ދުންފަތުގެ ނުރައްކާތަކުން ޒުވާން ޖީލު ސަލާމަތްކުރުމަށް ގޮވާލައްވާފައެވެ.

މެޑަމް ސާޖިދާ މިއަދު ދެއްވި މެސެޖެއްގައި ވިދާޅުވީ، ދުންފަތާއި އެ ނޫންވެސް ޒުވާނުންނަށް އަމާޒުކޮށްގެން މާކެޓްކުރަމުންދާ ނުރައްކާތެރި އުފެއްދުންތަކުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަކީ އެންމެންގެ މެދުގައި އޮތް ގުޅިފައިވާ ޒިންމާއެއް ކަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ ނިކޮޓީންގެ ވަބާއިން ސަލާމަތްވެފައިވާ ބަޔަކަށް ވާންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ދުންފަތުގެ އިސްތިއުމާލު ނުކުރާ މުޖުތަމައެއް ބިނާކުރުމަށް ތާރީޚީ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވަމުން، މެޑަމް ސާޖިދާ ވިދާޅުވީ މިކަމުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ތަޢުލީމު ދިނުމާއި، އެންމެން ގުޅިގެން މަސައްކަތްކުރުން އަދިވެސް ނުހަނު ބޭނުންތެރި ކަމަށެވެ.

އެކަމަނާގެ މެސެޖު ނިންމަވާލެއްވީ، އެންމެން އެކުވެގެން މަސައްކަތް ކޮށްފިނަމަ، ސިއްހަތު ސަލާމަތުން ހުރި ޖީލެއް ބިނާކުރެވި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އުޖާލާ މުސްތަޤުބަލެއް ހޯދައިދެވޭނެ ކަމުގެ އުންމީދާ އެކުގައެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރު އަމާޒުކޮށްފައިވަނީ ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450