Ads by Farudhun

ޚަބަރު

މާދަމާއިން ފެށިގެން ދަމަނަވެށި ވަގުތީގޮތުން ބަންދުކުރަނީ

މާދަމާއިން ފެށިގެން ދަމަނަވެށި ވަގުތީގޮތުން ބަންދުކުރަނީ

ދަމަނަ ވެށި ފޮޓޯ:އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މޭ 2026، 10:02

31 މޭ 2026، 10:02

މާލޭގައި ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، މާދަމާއިން ފެށިގެން ދަމަނަވެށި ވަގުތީގޮތުން ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ދިވެހިންގެ އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީ.ޕީ (ޖެނެރަލް ޕްރެކްޓިޝަނަރ) އަދި އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން މާލޭގައި ޤާއިމްކުރާ ދެވަނަ ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މިހާރުގެ ދަމަނަވެށި އަދި ކުރީގެ ތެލެސީމިއާ ސެންޓަރު ހިންގި އިމާރާތުގައެވެ.

މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، ދަމަނަވެށިން މިހާރު ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ސިއްޚަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ވަނީ ތިން ސަރަހައްދެއްގައި ހަމަޖައްސާފައެވެ. އެގޮތުން:

މާލޭގައި ދޭ ޚިދުމަތްތައް: މާފަންނުގައި މިހާރު ޤާއިމްކޮށްފައިވާ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން.

ހުޅުމާލެ ފޭސް 1 ގައި: ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓުން.
ހުޅުމާލެ ފޭސް 2 ގައި: 16 ވަނަ ޓަވަރުގައި ޤާއިމްކޮށްފައިވާ ޖީޕީ ކްލިނިކް މެދުވެރިކޮށް.

ދަމަނަވެށިން މިހާރުވެސް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ޖެހުމާއި، ހެދިބޮޑުވުން މޮނިޓަރކުރުމާއި، ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ސެޝަންތަކާއި ކައުންސެލިންގ ހިމެނެއެވެ.

އަލަށް ތަރައްޤީކުރާ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތަކުގެ އަމާޒަކީ މި ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް ދިނުމެވެ. މިގޮތުން، ޢާންމު ބަލިތަކުގެ ޑޮކްޓަރުންގެ އިތުރުން، ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމާއި، ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައްވެސް މި މަރުކަޒުތަކުން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450