ކުޅިވަރު

ގައުމީ ބީޗްވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މާޖިދާ އާއި ހައްވަ ހޯދައިފި

ގައުމީ ބީޗްވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މާޖިދާ އާއި ހައްވަ ހޯދައިފި

ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށްފަހު ހައްވަ އާއި މާޖި މެޑަލް ހިފައިގެން --- ފޮޓޯ: އަދަދު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ނޮވެމްބަރު 2024، 10:56

26 ނޮވެމްބަރު 2024، 10:56

ހުލާސާ

ފައިނަލުގައި ހައްވަ އާއި މާޖިގެ ޕެއަރ ނިކުތީ ޒީނިއާ އާއި އަރީޝާގެ ޕެއަރ އާއި ދެކޮޅަށް.

ހައްވަ އާއި މާޖި ފައިނަލް މެޗު ކާމިޔާބުކުރީ 2-1 ސެޓުން.

ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖި) ހޯދައިފިއެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކުރާ މި މުބާރާތުގެ ފައިނަލް ކުޅެފައިވަނީ ހޯމަ ދުވަހުގެރޭ ހުޅުމާލެ ޔޫތު ޕާކު ބީޗްވޮލީބޯލް ކޯޓުގައެވެ.

ފައިނަލުގައި ހައްވަ އާއި މާޖިގެ ޕެއަރ ނިކުތީ ފާތިމަތު ޒީނިއާ އާއި އައިމިނަތު އަރީޝާ (އަރީ)ގެ ޕެއަރ އާއި ދެކޮޅަށެވެ. އެ ޕެއަރގެ މައްޗަށް ހައްވަ އާއި މާޖި ކުރިހޯދީ 2-1 ސެޓުންނެވެ. 

މެޗުގެ ފުރަތަމަ ސެޓު 21-18 އިން ކާމިޔާބު ކުރީ ޒީނިއާ އާއި އަރީގެ ޕެއާރއެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓުގައި ވެސް ހައްވަ އާއި މާޖިގެ ޕެއަރ ފެނިގެންދިޔައީ ވަރުގަދަކޮށެވެ. އަދި ފުރަތަމަ ސެޓަށްފަހު ދުލެއް ނުދީ އެ ޕެއަރ ވަނީ ފަހު ދެ ސެޓު ކާމިޔާބުކޮށް، މެޗު ގެންގޮސްފައެވެ. ފަހު ދެ ސެޓު ހައްވަ އާއި މާޖިގެ ޕެއަރ އިން ގެންގޮސްފައިވަނީ 21-17 އަދި 15-12 އިންނެވެ. 

ހައްވަ އާއި މާޖިގެ ޕެއަރ ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަރީ އާއި ޒީނިއާގެ ޕެއަރ އިންނެވެ. ހައްވަ އާއި މާޖިއަށް ލިބިފައިވަނީ ލީގުގެ ދެވަނައެވެ. 

މި ލިޔުން ކިޔާލުމުން