Ads by Farudhun

ޚަބަރު

ޑައިމަންޑު ޖުބުލީ: ރާއްޖޭގެ ސްކޮޑު އިޢުލާންކޮށްފި

ޑައިމަންޑު ޖުބުލީ: ރާއްޖޭގެ ސްކޮޑު އިޢުލާންކޮށްފި

އޭއެފްސީ އޭޝިއަން ކަޕް 2027 ކޮލިފައިންގައި ދިވެހިރާއްޖެ އާއި ޓީމޯ ލާސްޓޭ ބައްދަލުކުރި މެޗު / ފޮޓޯ: އޯލް އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަން

ދިވެހިރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ އެންމެ ބޮޑު ހަރަކާތްކަމުގައިވާ، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ފުޓުބޯޅަ ސްކޮޑު އިޢުލާންކޮށްފިއެވެ.

މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށުމަށް އެޕްރީލް މަހުގެ 21ވަނަ ދުވަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިޢުލާންކުރި ސްކޮޑުގައި 32 ކުޅުންތެރިން ހިމެނިއެވެ. ނަމަވެސް މުބާރާތުގެ ފައިނަލް ސްކޮޑު އިޢުލާންކުރިއިރު، 9 ކުޅުންތެރިން ބާކީކޮށް، ސްކޮޑު ވަނީ 23 ކުޅުންތެރިންނަށް ކުޑަކޮށްފައެވެ. 

ފައިނަލް ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން ސަމޫޙް ޢަލީ އާއި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އަޙުމަދު ރިޒްވާން ހިމެނެއެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިން:

  • ޢަލީ އަޝްފާޤު
  • މުޙައްމަދު ފައިސަލް
  • އަމްދާން ޢަލީ
  • އިބްރާޙިމް އައިސަމް
  • ނާއިޒް ޙަސަން
  • ޢަލީ ފާސިރު
  • އިބްރާޙިމް މަހުދީ ޙުސެއިން
  • އިބްރާޙިމް ވަޙީދު ޙަސަން
  • މުޙައްމަދު އިލާން އިމްރާން
  • އަޙުމަދު އައިހަމް
  • ހަމްޒާ މުޙައްމަދު
  • ހައިޝަމް ޙަސަން
  • ޙަސަން އީނާޒް
  • ޠާއިފް ޤާސިމް
  • އަޙްޒަމް ރަޝީދު
  • ނާޝިއު އަޙުމަދު ޝިހާމް
  • އަޙުމަދު އައިހަމް
  • އަބްދުالله ލޫތު އިބްރާޙިމް
  • ޙުސެއިން ޝަރީފް
  • ނައްސާހް އިބްރާޙިމް ނާސިރު
  • ޙުސެއިން ޝިފާއު ޔޫސުފް
  • މުޙައްމަދު ޝަފީއު
  • އަޙުމަދު އަބްދުالله

މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން 1ވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝްއެވެ. އަދި ރާއްޖެއާ އަފްޣާނިސްތާން ބައްދަލުކުރާ މެޗު ކުޅޭނީ އާދީއްތަ ދުވަހުގެ ރޭގެ 9 ޖަހާއިރުއެވެ. މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ ރާއްޖެ ކުޅޭ މެޗުގެ ކުރިންނެވެ.

ރާއްޖެއިން ފުރަތަމަ މެޗުގައި އަފްޣާނިސްތާންއާ ދެކޮޅަށް ނިކުންނައިރު، މި ދެ ޓީމު ވާދަވެރި މެޗެއްގައި ގަލޮޅު ދަނޑުގައި އެންމެ ފަހުން ކުޅުނީ 2014ވަނަ އަހަރެވެ. އޭއެފްސީ ޗެލެންޖު ކަޕްގައި މި ދެ ޓީމު ބައްދަލުކުރި އެ މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ ރާއްޖެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450