Ads by Ministry of Arts, Culture and Heritage

ޚަބަރު

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް މާދަމާ ރޭ ޚާއްޞަ ޖަލްސާއެއް ބާއްވަނީ

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް މާދަމާ ރޭ ޚާއްޞަ ޖަލްސާއެއް ބާއްވަނީ

ރައީސް ޑރ މުޢިއްޒުއާއި އެމަނިކުފާނުގެ ކެބިނެޓް ވަޒީރުން. ފޮޓޯ: ރައީސް އޮފީށް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ނޮވެމްބަރު 2026، 04:11

16 ނޮވެމްބަރު 2026، 04:11

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ރޭ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ.

މި ޖަލްސާއާ ގުޅޭގޮތުން ސަރުކާރުން ރަސްމީކޮށް ތަފުސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ކުރިއެރުންތަކާއި ހޯދުނު ކާމިޔާބީތައް މި ޖަލްސާގައި ހާމަކުރާނެ ކަމަށް ބެލެވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މުހިންމު ކަންކަން ވެސް މި ޖަލްސާގައި އިޢުލާނު ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ސަރުކާރުގެ އަހަރީ ދުވަހާ ގުޅުވައިގެން މާދަމާ ރޭ ބޮޑު ޖަލްސާއެއް ބާއްވާއިރު، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޚާއްޞަ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

ރައީސް މުޢިއްޒުގެ ވެރިކަމަށް 3 އަހަރު ފުރޭއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށްޓަކައި ޕީއެންސީގެ ރިޔާސީ ޓިކެޓު ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނަށް އަރުވާފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450