ޚަބަރު
އެމްޓީސީސީގެ 'ލީޑާޝިޕް ކޮންފަރެންސް ނިންމާލައިފި
ފޮޓޯ: އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިބް ކޮމްޕެނީ (އެމްޓީސީސީ) ގެ ލީޑާޝިޕް ކޮންފަރެންސް 2026 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
އެމްޓީސީސީ އިން މައުލޫމާތު ދިންގޮތުގައި މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައެވެ. މި ކޮންފަރެންސް ކުރިއަށްގެންގޮސްފައިވަނީ "ލީޑިންގ ފޯވާޑް: ޕީޕަލް، ޕާފޯމަންސް އެންޑް ޓްރާންސްފޮމޭޝަން" މި ޝިއާރުގެ ދަށުންނެވެ. މި ހަރާތުގައި 140 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެފައިވާ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދީފައިވެއެވެ.
މި ކޮންފަރެންސްގައި ލީޑާޝިޕާއި، ހިންގުންތެރިކަމާއި، ޒަމާނީ ބަދަލުތަކަށް ހޭނުމާ ގުޅޭގޮތުން ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަންތަކުގައި ވާހަކަދެއްކެވީ ލީޑަރޝިޕް ޑިވެލޮޕްމަންޓް ތަޖުރިބާކާރެއް ކަމުގައިވާ އަފީފް ހުސައިން، ސިންގަޕޫރުގެ ސެޓިފައިޑް ސްޕީކިންގ ޕްރޮފެޝަނަލެއް އަދި "މިނިސްޓްރީ އޮފް އިންފްލުއެންސް" ގެ ބާނީ ކޯއެން ޓޭން، ބައިނަލްއަޤްވާމީ ވޮއިސް ކޯޗެއް ކަމުގައިވާ ސިންތިއާ ޒައި ގެ އިތުރުން އެޗްއާރް ލީޑަރެއް އަދި ވަރފެންގެ ވައިސް ޕްރެޒިޑެންޓް ލަރިއްސާ މަރމަން އެވެ.
މީގެ އިތުރުން މި ކޮންފަރެންސް ތެރެއިން އެމްޓީސީސީގެ "ލީޑަރސިޕް ސެޓްފިކެޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާހުކޮށްފައިވެއެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީ އެވެ. މި ޕްރޮގްރާމްއަކީ އެ ކުންފުނީގެ ލީޑަރުންގެ ޤާބިލުކަން އިތުރުކޮށް، މެދުކެނޑުމެއްނެތި ފަންނީ ގޮތުން ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.