ޚަބަރު
'ޑައެބިޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް' ރާއްޖޭގައި އިފްތިތާހުކޮށްފި
ޑައެބިޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް އިފްތިތާހުކުރުން/ ފޮޓޯ: ހެލްތު މިނިސްޓްރީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ކަމާގުޅޭ އިދާރާތަކުން އެކުލަވާލާފައިވާ 'ޑައެބިޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް' އިފްތިތާހުކޮށްފިއެވެ.
މި ޕްރޮޓޮކޯލް އިފްތިތާހުކޮށްދެއްވީ "ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" މި ޝިއާރުގެ ދަށުން ބޭއްވި ޚާއްސަ ފޯރަމުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީއާއި، ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕޭޑަންއެވެ. މި ފޯރަމަކީ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެޗްޕީއޭއާއި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިއުއެޗްއޯ ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމްގައެވެ.
ހަކުރު ބައްޔާއިމެދު އާންމުން ހޭލުންތެރިކުރުމާއި ބަލިން ރައްކާތެރިވުމުގެ މުހިންމު ގައުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް މި ޕްރޮޓޮކޯލްގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. ރާއްޖޭގައި ދޭ ފަރުވާގެ ނިޒާމު ސިއްހީ ފަރުވާދޭ ތަންތަނުން އެއްހަމައެއްގެ ދަށުން މެދުނުކެނޑި ފޯރުކޮށްދިނުމަށް މުހިންމު ކަންކަން ކުރިޔަށް ގެންދިޔުމަށް ވެސް މި ޕްރޮޓޮކޯލްގެ ދަށުން ހަމަޖެހިފައިވެއެވެ.
"ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" ފޯރަމަކީ ކުރު ބަލީގެ ދުވަހުގެ ފޯރަމުގެ މަޤުސަދަކީ، ހަކުރު ބަލިން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވުމުގެ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ފޯރަމެކެވެ. މި ފޯރަމްގައި ސިއްހީ ވުޒާރާގެ ސްޓޭޓު މިނިސްޓަރުންނާއި، ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި، ސިއްހީ ދާއިރާގެ އެކި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްއާއި ބައެއް ޖަމްއިއްޔާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނެވިއެވެ.