Ads by Farudhun

ޚަބަރު

ދުންފަތުން ލިބޭ ގެއްލުންތަކާއި ބެހޭ މަޢުލޫމާތު ތަޢުލީމީ ދާއިރާގެ ތެރެއިން ފޯރުކޮށްދެނީ

ދުންފަތުން ލިބޭ ގެއްލުންތަކާއި ބެހޭ މަޢުލޫމާތު ތަޢުލީމީ ދާއިރާގެ ތެރެއިން ފޯރުކޮށްދެނީ

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 މޭ 2026، 06:49

31 މޭ 2026، 06:49

ދުންފަތުގެ ނުރައްކަލާއި އޭގެ ސަބަބުން ލިބޭ ގެއްލުންތަކާ ބެހޭ މަޢުލޫމާތު ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

 ތަޢުލީމާ ބެހޭ ވަޒީރު މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު ވިދާޅުވީ ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ބެލެނިވެރިންގެ ފަރާތުން ލިބުނު ވަރަށް ބޮޑު ކަންބޮޑުވުންތަކަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން ތަޢުލީމީ ވުޒާރާއިން ސްޓޫޑެންޓް ހެލްތު އެންޑް ސޭފްޓީ ވިޑިޝަނުން 215 ސްކޫލެއްގެ ޕީ.ޓީ.އޭ.އަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށާއި، ދަރިވަރުންނާއި ޒުވާނުންގެ ޙައްޤުގައި ވޭޕް މަނާކުރުމުގެ ރެކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅީ އެ މަޝްވަރާތަކަށް ފަހު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދުންފަތުގެ ނުރައްކަލުން ދަރިވަރުން ސަލާމަތްކުރުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ކުރިއަށްގެންދާ "ބިންގާ" ޕްރޮގްރާމްގެ ތެރެއަށް މި މަޢުލޫމާތުތައް އިންޓެގްރޭޓް ކުރުމަށް މިހާރު ވަނީ ނިންމާފައެވެ. މީގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދުންފަތުގެ ސަބަބުން ލިބޭ ޞިއްޙީ އަދި އިޤްތިޞާދީ ގެއްލުންތަކުގެ މަޢުލޫމާތު ދަރިވަރުންނާއި ޢާއިލާތަކަށް ފޯރުކޮށްދެވޭނެއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތުގައި ބެލެނިވެރިންނާއި މުދައްރިސުން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރުމަކީ މިފަދަ ޕްރޮގްރާމްތައް ކާމިޔާބުވުމުގެ އަސްލެވެ. އަދި މި ޕްރޮގްރާމްތަކުގެ ތެރެއިން ހޭލުންތެރިކަން އިތުރުކޮށް، ދުންފަތުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޞިއްޙީ ނިޒާމުގެ ތެރެއިން އެހީތެރިކަން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ނިންމުމާއެކު ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެއަކީ ދުންފަތުގެ ނުރައްކަލާ ބެހޭ ފުރިހަމަ މަޢުލޫމާތު ލިބިފައިވާ މުޖުތަމަޢަކަށް ހެދުމާއި، އެ މަޢުލޫމާތުގެ އަލީގައި ދުންފަތުގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450