ޚަބަރު
ގައްދޫ ބަނދަރުގެ 95 އިންސައްތަ މަސައްކަތް ނިންމައިފި
ގައްދޫ ބަނދަރު / ފޮޓޯ: އެމްޓީސީސީ
ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ މަސައްކަތުގެ 95 އިންސައްތަ ނިމިފައިވާކަމަށް، އެ މަޝްރޫޢު ކޮންޓްރެކްޓުކޮށްފައިވާ މޯލްޑިވްސް ޓްރާމންސްޕޯޓް އެނެޑް ކޮޏްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ލައިޓް ހަރުކުރުމާއި، ރޭމްޕް ސަރަޙައްދުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ މަސައްކަތް ފަށާފައި ވަނީ 2022 ވަނަ އަހަރުއެވެ. މި މަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި ބަނދަރު ފުންކުރުމާއި، ބޭރުތޮށިލުމާއި އަދި އެއްގަމުތޮށިލުން ހިމެނެއެވެ. އަދި މީގެއިތުރުން އެ ރަށު ކައުންސިލުން އެދިގެން ޑިންގީތައް އަޅާނެ ސަރަޙައްދެއް އެޅުމުގެ މަސައްކަތް ވެސް، މި މަޝްރޫޢުގެ ތެރެއިން އެމްޓީސީސީއިން ދަނީ ކުރަމުންނެވެ.
Project Update: Design and Build of Gdh. Gadhdhoo Harbor Reconstruction
— MTCC Plc (@MTCCPlc) May 31, 2026
Bollard lights installation and beaching ramp area works are ongoing. Overall project progress is 95.23%.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/xt2RwHBZJh
މި މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރުގެ 23,017.2 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، ގޮނޑުދޮށުގެ 232 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެންޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 320 މީޓަރުގެ އެއްގަމުތޮށި ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ވަނީ ޤާއިމުކޮށްފައެވެ.
މީގެއިތުރުން 1600 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭމަންޓް ހެދުމާއި ބަނދަރުބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނެއެވެ.