Ads by Farudhun

ޚަބަރު

ވައިބާގައި ބަދުއަހުލާގީ ވީޑިއޯއެއް ހިއްސާކުރި މައްސަލައެއް ފުލުހުން ބަލަނީ

ވައިބާގައި ބަދުއަހުލާގީ ވީޑިއޯއެއް ހިއްސާކުރި މައްސަލައެއް ފުލުހުން ބަލަނީ

ދިވެހި ފުލުހުންގެ ޙިދުމަތް ފޮޓޯ: ފައިނެންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖޫން 2026، 09:04

01 ޖޫން 2026، 09:04

ށ. ގޮއިދޫގައި ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅައި، އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ރިޕޯޓުކޮށްފައިވަނީ 2026 މެއި 27 ވަނަ ދުވަހުއެވެ. މި މައްސަލައަކީ ށ. ގޮއިދޫގެ އާންމު ވައިބާ ގްރޫޕެއްގައި ބަދުއަހުލާގީ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް އާންމުކުރި މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، އެ ވީޑިއޯ ސޯޝަލް މީޑިއާގެ ވަސީލަތެއް ކަމަށްވާ ވައިބާގައި ފެތުރި މައްސަލައިގެ އިތުރުން، އެ ވީޑިއޯއިން ފެންނަ ކަންކަމާއި އޭގައި ހިމެނޭ ތުހުމަތުތައް ވެސް ބަލަމުންދާ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450