Ads by Farudhun

ޚަބަރު

މާލެ-ވިލިމާލެ މަގުތަކުގެ ޑިޒައިންގެ މަސައްކަތަށް ޗައިނާ ޓީމެއް ރާއްޖެއަށް

މާލެ-ވިލިމާލެ މަގުތަކުގެ ޑިޒައިންގެ މަސައްކަތަށް ޗައިނާ ޓީމެއް ރާއްޖެއަށް

މާލެ-ވިލިމާލެ މަގުތަކުގެ ޑިޒައިންގެ މަސައްކަތަށް ޗައިނާ ޓީމެއް ރާއްޖެއައުން. ފޮޓޯ: ޗައިނާ އެމްބަސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖޫން 2026، 01:17

01 ޖޫން 2026، 01:17

ޗައިނާގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަށް، ޗައިނާ ރެއިލްވޭ ޑިޒައިން ކޯޕަރޭޝަންގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

 މި ޓީމުން މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ސައިޓް އިންސްޕެކްޝަނާއި ޑިޒައިން މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ކޮންގް ޒިއަންހުއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދިވެހީން ކަންބޮޑުވާ މަގުތަކުގެ މައްސަލަތައް ހައްލު ކޮށްދިނުން އެއީ ޗައިނާއިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް" ކަމަށެވެ. އަދި ރައްޔިތުންގެ ދިރިއުޅުމަށް ފައިދާކުރާނެ ފަދައިން، މަގުތަކުގެ ފެންހިންދާ ނިޒާމު ރަނގަޅުކުރުމަށް ރާއްޖެއާ ގުޅިގެން ޗައިނާއިން މަސައްކަތް ކުރާނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ޑިޒައިނިން މަރުހަލާ ފެށުމަށްޓަކައި ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ދެ ގައުމުން ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ފަހުކޮޅުއެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.

މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސައިޓް އިންސްޕެކްޝަނާއި ޑިޒައިން މަސައްކަތްތައް މިހާރު ފަށާފައިވާއިރު، މީގެ ކުރިން ވެސް މި މަޝްރޫއާ ގުޅޭ ބައެއް ދިރާސާތައް ޗައިނާގެ ޓީމްތަކުން ވަނީ ރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450