ކުޅިވަރު

ފަހު ހާފު ކާމިޔާބުކުރި ތިން ގޯލާއެކު ކުޑަހުވަދޫއިން ގޯލްޑް ކަޕްގެ ފުރަތަމަ މޮޅު ހޯދައިފި

ފަހު ހާފު ކާމިޔާބުކުރި ތިން ގޯލާއެކު ކުޑަހުވަދޫއިން ގޯލްޑް ކަޕްގެ ފުރަތަމަ މޮޅު ހޯދައިފި

ގޯލެއް ކާމިޔާބު ކުރުމަށްފަހު ކުޑަހުވަދޫ އިން އުފާފާޅު ކުރަނީ --- ފޮޓޯ: އިންޓަނެޓް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 ނޮވެމްބަރު 2024، 10:57

26 ނޮވެމްބަރު 2024، 10:57

ހުލާސާ

ކުޑަހުވަދޫގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މުހައްމަދު ޒިހާން ހުސެއިންއެވެ. އަދި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ވެސް އޭނާއެވެ. އެ ޓީމުގެ ފަހު ގޯލަކީ ފަރެސްމާތޮޑާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެ ގޯޅުގައި ވެސް ޒިހާންގެ ދައުރު ބޮޑުކަން ފާހަގަ ކުރެވުނެވެ.

ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް-އޭގައި މިއަދު ހަވީރު ފަރެސްމާތޮޑާ އާއި ކުޑަހުވަދޫ ބައްދަލުކުރި މެޗު، 3-0 އިން ކުޑަހުވަދޫއިން ކާމިޔާބު ކޮށްފިއެވެ. އެ ޓީމުގެ ހުރިހާ ގޯލެއް ވެސް މެޗުގެ ފަހު ހާފުގައި ކާމިޔާބުކޮށްފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ގަލޮޅު ދަނޑުގައި ކުޑަހުވަދޫއަށް މެޗެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. 

ކުޑަހުވަދޫގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މުހައްމަދު ޒިހާން ހުސެއިންއެވެ. އަދި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ވެސް އޭނާއެވެ. އެ ޓީމުގެ ފަހު ގޯލަކީ ފަރެސްމާތޮޑާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެ ގޯޅުގައި ވެސް ޒިހާންގެ ދައުރު ބޮޑުކަން ފާހަގަ ކުރެވުނެވެ.

މުބާރާތުގައި މި ދެ ޓީމުން ކުޅުން ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފައެވެ. އެގޮތުން ކުޑަހުވަދޫ ބަލިވީ މުވައްމުލަކު ސިޓީއާ ދެކޮޅަށް ކުޅެ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ފަރެސްމާތޮޑަ ބަލިވީ ދ. މީދޫއާ ބައްދަލުކޮށް 4-1 އިންނެވެ.

މި މެޗަށް ކުޑަހުވަދޫ އިން ނިކުމެފައިވަނީ މިދިޔަ މެޗުގައި ކުޅުނު ދެ ކުޅުންތެރިންނާއި ނުލައެވެ. ފުވައްމުލަކު ސިޓީ އާއި ބައްދަލުކުރި މެޗުގައި ރަތް ކާޑު ދެއްކުމާ ގުޅިގެން އަހުމަދު ރިލްވާން (ބެން) އާއި ޑިފެންޑަރު، މުހައްމަދު ސައިފް ހުރީ  ސަސްޕެންޝަންގައެވެ.

މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ކުޑަހުވަދޫ އޮތީ 3 ޕޮއިންޓާއެކު ގްރޫޕްގެ 3 ވަނައިގައެވެ. 

މުބާރާތުގެ މެޗެއް މިރޭ ވެސް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލު ކުރާނީ މާލޭ ސިޓީ އާއި ތުޅާދޫއެވެ. 

މި ލިޔުން ކިޔާލުމުން