Ads by Farudhun

ޚަބަރު

އާއިލާތަކުގެ ބިންގަލަކީ ބެލެނިވެރިންގެ މިންނެތް މަސައްކަތް: ރައީސް މުޢިއްޒު

އާއިލާތަކުގެ ބިންގަލަކީ ބެލެނިވެރިންގެ މިންނެތް މަސައްކަތް: ރައީސް މުޢިއްޒު

ރައީސް މުޢިއްޒުގެ ދެކަނބަލުން ދެދަރިކަލުންނާއެކު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖޫން 2026، 03:14

01 ޖޫން 2026، 03:14

 ދިވެހި ބެލެނިވެރިން ކުރައްވާ މިންނެތް މަސައްކަތާއި ވަމުންދާ ޤުރުބާނީތަކަށް، ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ  މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

 މި ދުވަހާ ގުޅިގެން  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އާއިލާތަކުގެ ބިންގަލަކީ ބެލެނިވެރިންގެ އަމިއްލަ އެދުމެއްނެތް ވަފާތެރިކަމާއި މުޅި އުމުރަށްޓަކައި ވާ ޤުރުބާނީތައް ކަމަށެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ އަންނަން އޮތް ޖީލުތައް ބައްޓަންކޮށްދޭ އަދި ޤައުމުގެ ވަރުގަދަކަން ދަމަހައްޓައިދޭ މައިގަނޑު އަސާސެވެ. ދިވެހި މުޖުތަމައުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ބަލައިގަނެ، އެ ފަރާތްތަކާއެކު ސަރުކާރު ސާބިތުކަމާއެކު އޮތްކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.

މި ސަރުކާރުން ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ކޮންމެ ކުއްޖެއްގެ މުސްތަޤުބަލު ރައްކާތެރިކުރުމަށް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވިއެވެ. މިގޮތުން ތަޢުލީމާއި، ޞިއްޙީ ދާއިރާ އަދި އިޖުތިމާއީ ޕްރޮގްރާމްތަކަށް އިންވެސްޓްކޮށް، އާއިލީ ގުޅުންތަކަކީ މުޖުތަމައުގެ އެންމެ މުހިންމު ބިންގާ ކަމަށް ދެކޭ ދިވެހި އާދަކާދަ ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ އަންނަން އޮތް ޖީލުތައް ބައްޓަންކޮށްދޭ އަދި ގައުމުގެ ވަރުގަދަކަން ދަމަހައްޓައިދޭ ބާރު،" ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.


ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ބެލެނިވެރިން ދަރިން ތަރުބިއްޔަތު ކުރުމުގައި ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450