Ads by Farudhun

ޚަބަރު

ހަރުދަނާ އާއިލާއެއްގެ ބިންގަލަކީ މައިންބަފައިންގެ ގުރުބާނީ - މެޑަމް ސާޖިދާ

ހަރުދަނާ އާއިލާއެއްގެ ބިންގަލަކީ މައިންބަފައިންގެ ގުރުބާނީ - މެޑަމް ސާޖިދާ

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖޫން 2026، 03:28

01 ޖޫން 2026، 03:28

ދުނިޔޭގެ މައިންބަފައިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މައިންބަފައިން ކުރައްވާ މިންނެތް މަސައްކަތްތަކަށާއި ވެވަޑައިގަންނަވާ ގުރުބާނީތަކަށް ތައުރީފު ކުރައްވައި މެސެޖެއް ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މައިންބަފައިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ދެއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ދަރިން ބިނާކުރުމުގައި މައިންބަފައިން ބަހައްޓަވާ ލޯތްބާއި، ކެތްތެރިކަމާއި، އަދި ވެވަޑައިގަންނަވާ ގުރުބާނީތަކަކީ ވަރުގަދަ އާއިލާއެއްގެ ބިންގާ ކަމަށެވެ. އަދި އެއީ އޯގާތެރި މުޖުތަމައެއް ބިނާކުރުމުގެ އަސްލު ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހިންގެ ގޮތުގައި، އަޅުގަނޑުމެން އަބަދުވެސް އާއިލީ ގުޅުންތަކަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ ހިތްކަމުގައި ދެކެމުން އަންނަ ކަމެއް،

      ފަސްޓްލޭޑީ 

އެކަމަނާގެ މެސެޖުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ކޮންމެ ކުއްޖަކީވެސް އަޅާލުމާއި، ރައްކާތެރިކަމާއި، އަދި ފުރުސަތުތައް ލިބިގެން ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި، މައިންބަފައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ މުޖުތަމައުގެ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި މައިންބަފައިން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެކަން ފާހަގަކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދަރިން ބޮޑުކުރުމުގައި މައިންބަފައިން އުފުލާ ބުރަ މަސްއޫލިއްޔަތު ވަޒަންކޮށް، އާއިލީ ގުޅުންތައް ބަދަހިކުރުމަށް ބާރުއެޅުމެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450