Ads by Farudhun

ޚަބަރު

ބައްސާމްގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދަޢުވާ ކުރުމަށް ފޮނުވައިފި

ބައްސާމްގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދަޢުވާ ކުރުމަށް ފޮނުވައިފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް---

farudhun logo

ފަރުދުން

01 ޖޫން 2026، 07:30

01 ޖޫން 2026، 07:30

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ. 

ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ކުރުމަށް ފޮނުވާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައެވެ. އެގޮތުން މި ހިޔާނާތުގައި ބޭނުންކުރި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް (އެސް.އޯ.އެފް) ނަމަކަށް ކިޔާ ކުންފުނީގެ ބޭންކު އެކައުންޓުން ބައްސާމްގެ ބޭންކް އެކައުންޓަށް 29,000  (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ހާމަކޮށްފައެވެ. އަދި މި ފައިސާ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާކަމަށް ވެސް އޭސީސީއިން ބުނެއެވެ.

މީގެއިތުރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައްސާމް ބައިވެރިވެރިވެފައިވާކަމަށް ވެސް އޭސީސީން ފާހަގަ ކުރެއެވެ. އެގޮތުން އެ ކުންފުނީގެ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ބައްސާމު ވަނީ ސޮއިކޮށްފައެވެ.



މިމައްސަލައިގައި ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450