Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިންމާލައިފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިންމާލައިފި

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

01 ޖޫން 2026، 11:36

01 ޖޫން 2026، 11:36

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 75 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. 

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެމްޓީސީސީއިން ބުނީ، ސެގްމެންޓް 2،3 އަދި 4ގެ ނަރުދަމާ އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. 

މީގެ އިތުރުން، ފެން ހޮޅި އެޅުމާއި، ފެން ހިންދާ ކެޗްޕިޓް އަދި ފެން ވަޅު ހެދުމުގެ މަސައްކަތްތައްވެސް މެދުކެނޑުމެއްނެތި ދަނީ ކުރިއަށެވެ. ހަމައެއާއެކު، އެންކަރ ބްލޮކް ހަރުކުރުމާއި ކީވޯލް ޕެނަލް ޖެހުމުގެ މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

އަދި މި ހަފްތާގައި 130 މީޓަރުގެ ސަރަޙައްދެގައި ކުއޭ ވޯލް ޖެހުމުގެ މަސައްކަތް އެމްޓީސީސީއިން ވަނީ ކޮށްފައެވެ. 

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގަކީ ބޯޓުފަހަރު ކައިރިކުރުމާއި މުދާ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ސަރަހައްދަކަށްވުމުން، މި މަޝްރޫޢު ނިމުމުން އެ ސަރަހައްދުގެ ތަރުތީބަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 838 މީޓަރުގެ ސަރަޙައްދެކެވެ. މިއީ ޖުމްލަ 144 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450