ވިޔަފާރި / ޚަބަރު

ބާޒާރުގައި ފިޔާގެ އަގު އުފުލުނަސް، އެސްޓީއޯއިން ހެޔޮ އަގުގައި ފިޔާ ލިބޭ

ބާޒާރުގައި ފިޔާގެ އަގު އުފުލުނަސް، އެސްޓީއޯއިން ހެޔޮ އަގުގައި ފިޔާ ލިބޭ

ފިޔާ ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2026، 08:52

02 ޖޫން 2026، 08:52

މާލޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލެމުންދިޔަ ނަމަވެސް، ރައްޔިތުންނަށް ދަތިނުވާނެހެން ހެޔޮ އަގުގައި ފިޔާ ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތައްޔާރަށް އޮތްކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

"ފަރުދުން" މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ބާޒާރުގައި ފިޔާގެ އަގަށް ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައިވެސް، އެ ކުންފުނީގެ ފިހާރަތަކުން ކުރިންވެސް ފިޔާ ވިއްކަމުންދިޔަ އަގަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އެގޮތުން އެސްޓީއޯގެ ފިހާރަތަކުން ހޯސޭލްކޮށް އަދި ރީޓެއިލްކޮށްވެސް މިހާރު ލިބެން ހުރި އަގުގައި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

ބާޒާރުގެ ބައެއް އަމިއްލަ ފިހާރަތަކުގައި ފިޔާ ކިލޯއެއްގެ އަގު މިހާރު 25 ރުފިޔާއަށްވުރެ މައްޗަށް އުފުލިފައިވީ ނަމަވެސް، އެސްޓީއޯއިން މިހާރުވެސް ފިޔާ ކިލޯއެއް ވިއްކަމުންދަނީ 13 ރުފިޔާއަށެވެ.

އެސްޓީއޯއިން އިތުރަށް ބުނީ، އެ ކުންފުނީގައި ފިޔާގެ އެކަށީގެންވާ ސްޓޮކެއް އެބަހުރި ކަމަށެވެ. އަދި ބާޒާރުގައި ތަކެތި ލިބުން ދަތިވާ ހާލަތްތަކުގައި މީގެ ކުރިންވެސް އަމަލުކުރަމުން އައި އުސޫލުގެ މަތިން، އިތުރަށް ފިޔާ ބޭނުންވާނަމަ އެތެރެކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެސްޓީއޯއިން ރައްޔިތުންނަށް އަރުވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450