ދުނިޔެ

އިސްރާއީލާއި ލުބުނާނުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

އިސްރާއީލާއި ލުބުނާނުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

ލުބްނާނަށް ހަމަލާދީފައިވާ ސަރަހައްދެއް ފޮޓޯ:ބީބީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ނޮވެމްބަރު 2024، 09:06

27 ނޮވެމްބަރު 2024، 09:06

މިއަދު  ފަތިހު 4:00 ގައި އިސްރާއީލާއި ލުބުނާނުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ އެއްބަސްވުން ތަންފީޒުކުރަން ފަށައިފިއެވެ. މި އެއްބަސްވުމަކީ އެމެރިކާ އިން އިޢުލާނުކޮށް، ލުބުނާނާއި ދުނިޔޭގެ އެހެން ލީޑަރުން މަރުޙަބާ ކިޔާފައިވާ އެއްބަސްވުމެކެވެ.

ބެއިރޫޓުގެ އެމެރިކަން ޔުނިވަރސިޓީގެ ފަރާތެއް ކަމުގައިވާ ރާމީ ޚޫރީ ވިދާޅުވީ މި އެއްބަސްވުމަކީ ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތްކޮށްގެން ހޯދާފައިވާ އެއްބަސްވުމެއް ކަމަށާއި، އެހެންކަމުން މަދުވެގެން ފުރަތަމަ މަރުޙަލާގައި ނަމަވެސް މި އެއްބަސްވުން ކާމިޔާބުވާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

ނަމަވެސް، މި އެއްބަސްވުން ދިގު މުއްދަތަކަށް ދެމިގެންދާނީ ލުބުނާނުގެ ރައްޔިތުންނާއި އިސްރާއީލުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު މުޢާމަލާތްކުރެވޭކަން އިހުސާސްކުރެވޭނަމަ ކަމަށް ޚޫރީ ވިދާޅުވިއެވެ. މިކަން ބިނާވެގެންވަނީ އެމެރިކާއާއި، ފްރާންސްއާއި، އިނގިރޭސިވިލާތުން އެ ޤައުމުތަކުގެ ކޮލޯނިއަލް އާދަތައް ދޫކޮށްލައި، ދެ ޤައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމާއި، ދެ ޤައުމުގެ ސަރަޙައްދީ އިމުގައި އދ. ގެ ފަރާތުން ހަރުދަނާ މޮނިޓަރިންގ އަދި ޙަރަކާތްތެރިވުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން