ދުނިޔެ

ހަނގުރާމަތަކާއި ގުޅިގެން ޖަރުމަނުގެ ގޭސް ރިޒާވް ދަށަށް

ހަނގުރާމަތަކާއި ގުޅިގެން ޖަރުމަނުގެ ގޭސް ރިޒާވް ދަށަށް

ޖަރުމަނުގެ ގޭސް ރިޒާވްތައް ދަށަށް ދަނީ. ފޮޓޯ: ފައިނޭންޝަލް ޓައިމްސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 ނޮވެމްބަރު 2026، 11:34

01 ނޮވެމްބަރު 2026، 11:34

ހަނގުރާމަތަކުގެ ސަބަބުން ގޭސް ރައްކާކުރެވިފައިވާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ޖަރުމަނުވިލާތުގެ ގޭސް ރައްކާކުރާ ކުންފުނިތަކުން ބުނެފިއެވެ.

ޔޫރަޕްގެ އެންމެ ބޮޑު އިޤްތިޞާދު އޮތް ޖަރުމަނުގައި، ފިނި މޫސުން ފެށުމުގެ ކުރިން ގޭސް ރައްކާކުރެވިފައިވާ މިންވަރު ރެކޯޑް މިންވަރަކަށް ދަށުގައި ހުރުމާ ގުޅިގެން، އެ ޤައުމުގެ ގޭސް ރައްކާކުރާ ވަސީލަތްތައް ފުރުމަށް ގެންގުޅޭ އުސޫލުތައް މުރާޖަޢާކޮށް ހަރުދަނާކުރަންޖެހޭ ކަމަށް އިންޑަސްޓްރީ އެސޯސިއޭޝަން "އައިއެންއީއެސް" (INES) އިން ވަނީ ހާމަކޮށްފައެވެ.

ހުކުރު ދުވަހާ ހަމައަށް ޖަރުމަނުގައި ގޭސް ރައްކާކުރެވިފައި ހުރި މިންވަރު ހުރީ 61.35 އިންސައްތައިގައެވެ. މިއީ ނޮވެމްބަރު މަހުގެ ކުރީކޮޅަށް އެ ޤައުމުން ކަނޑައެޅި 80 އިންސައްތައިގެ ޓާގެޓަށް ވުރެ ވަރަށް ބޮޑުތަން ދަށް އަދަދެކެވެ. ސަޕްލައިއަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށް ޖަރުމަނުގެ ވެރިރަށް ބާލިންއިން ބުނަމުންދިޔަ ނަމަވެސް، ކުރިއަށް އޮތް ފިނި މޫސުމުގައި ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އައިއެންއީއެސްގެ މެނޭޖިންގ ޑިރެކްޓަރ ސެބަސްޓިއަން ހައިނަރމަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގޭސް ރައްކާކުރުމަށް ކަނޑައެޅި ޓާގެޓްތައް ހާސިލުނުވުމުން ދައްކުވައިދެނީ، ކުރިއަށް އޮތް ފިނި މޫސުންތަކަށް ގޭސް ރައްކާކުރެވޭ ގޮތް، މިއަށްވުރެ ހަރުދަނާ އުސޫލެއްގެ ދަށުން ގެންގުޅެން ޖެހިފައިވާކަން ކަމަށެވެ. އަދި ސަޕްލައި ކުރާ ފަރާތްތަކުގެ މައްޗަށް ލާޒިމުކުރާ ކަންތައްތަކެއް ތަޢާރަފުކުރުމަށް ފެޑެރަލް މިނިސްޓްރީ ފޮރ އިކޮނޮމިކް އެފެއާޒުން މަރުޙަބާ ކިޔުމަކީ މުހިންމު ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގޭސް ރައްކާކުރެވިފައިވާ މިންވަރު މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އައި ބަދަލުތަކެވެ. މީގެ ސަބަބުން ހޫނު މޫސުމުގައި ގޭސް ރައްކާކުރާ ވަސީލަތްތައް ފުރުމަކީ އިޤްތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ކަމަކަށް ވެގެންދިޔައެވެ. 

މީގެއިތުރުން، ޔޫކްރެއިނަށް އަރައިގަތުމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން ވަނީ ރަޝިޔާއިން ޤުދުރަތީ ގޭސް އެތެރެކުރުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450