Ads by Farudhun

ޚަބަރު

ހއ. ތުރާކުނު އައު މިސްކިތުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ތުރާކުނު އައު މިސްކިތުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. ތުރާކުނު އައު މިސްކިތުގެ މަސައްކަތް ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2026، 12:26

02 ޖޫން 2026، 12:26

ހއ. ތުރާކުނުގައި އިމާރާތްކުރަމުންދާ އައު މިސްކިތުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ތުރާކުނު އައު މިސްކިތުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާއިރު، މުޅި މަޝްރޫޢުގެ 88 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ ތެރެއިން ކޮންކްރީޓު މަސައްކަތްތަކުގެ 95 އިންސައްތަ ވަނީ ނިންމާލެވިފައެވެ. މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވުމާއެކު، ދެން ކުރިއަށްދާނީ މިސްކިތުގެ އެންމެ ފަހުގެ ނިންމުންތަކާ ގުޅޭ މަސައްކަތްތަކެވެ.

ތުރާކުނުގައި ބިނާކުރާ މި މިސްކިތަކީ 240 އަކަމީޓަރުގެ ބޮޑު މިނެއް ހުންނަ، އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހިމެނޭ މިސްކިތެކެވެ. ދެ ޖިންސުގެ މީހުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެ ފަދަ ޒަމާނީ ސިފަތަކާއެކުގައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 4 ސެޕްޓެމްބަރު 2023 ގައެވެ. ޖުމްލަ 10.38 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ސަރުކާރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި މަޝްރޫޢު އަވަހަށް ނިންމައި، ތުރާކުނުގެ ރައްޔިތުންނަށް ނަމާދުކުރުމަށް ޒަމާނީ އަދި ޖާގަ ތަނަވަސް މާހައުލެއް ފޯރުކޮށްދިނުމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450