Ads by Farudhun

ޚަބަރު

ކެޕްޓަން އަލްމަރްޙޫމް ޢަބްދުލްޢަޒީޒްގެ ޖަނާޒާ މިރޭ އިޝާ ނަމާދަށްފަހު

ކެޕްޓަން އަލްމަރްޙޫމް ޢަބްދުލްޢަޒީޒްގެ ޖަނާޒާ މިރޭ އިޝާ ނަމާދަށްފަހު

ކެޕްޓަން އަލްމަރްޙޫމް ޢަބްދުލްޢަޒީޒް---

farudhun logo

ފަރުދުން

02 ޖޫން 2026، 03:30

02 ޖޫން 2026، 03:30

އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދުގެ ޖަނާޒާ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ކުރިޔަށްގެންދިއުމަށް ނިންމާފައިވާކަމަށް އާއިލާއިން ހާމަކޮށްފިއެވެ. 

ފުވައްމުލަކު ފުނާޑު، ރިޔާޒް (ހުސްނުހީނާގެ)، ޢަބްދުލްޢަޒީޒް މުޙައްމަދަކީ ފުވައްމުލައް ސިޓީއަށާއި މުޅި ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، ތަޖުރިބާކާރު ކެޕްޓަނެކެވެ. އަދި އެ ބޭފުޅާ އަވަހާރަވީއިރު ޢަބްދުލްޢަޒީޒްގެ އަތްބަޔާކާއި ހަތަރު ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. 

މަރްޙޫމް ޢަބްދުލްޢަޒީޒަކީ ރާއްޖޭގެ ތަޢުލީމީ އަދި ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ 1970 ގެ އަހަރުތަކުގައި އައްޑޫ ނޫރާނީ ސްކޫލުގެ އިނގިރޭސި މުދައްރިސެއްގެ ގޮތުގައި ކުރެއްވި ޚިދުމަތެވެ.

ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި، ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރި ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި މަރްޙޫމް ޢަބްދުލްޢަޒީޒް ވަނީ މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން، އެ ބޭފުޅާއަކީ ފުވައްމުލަކުގެ އިޖްތިމާޢީ އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ވެސް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 

 ޢަބްދުލްޢަޒީޒަކީ ޚިދުމަތްތެރި ތަޢުލީމީ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުރިހާ ދާއިރާއަކުންވެސް ހުނަރުވެރި، އަދި ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ބޭފުޅެކެވެ. އޭނާ އަވަހާރަވުމަކީ ފުވައްމުލަކަށާއި މުޅި ޤައުމަށް ލިބުނު ބޮޑު ހިތާމައެއްކަން އެ ރަށުގެ ގިނަ ބަޔަކު ސިފަކުރެއެވެ.

މަރްޙޫމް ޢަބްދުލްޢަޒީޒުގެ ޢާއިލާއިން އެދެނީ މިރޭ އޮންނަ ޖަނާޒާގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން، މަރްޙޫމްގެ ފުރާނައަށް ހެޔޮ ދުޢާކޮށްދެއްވުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450