ސައިންސް

މަދިރި މަދުކުރުމަށް ލެބޯޓްރީގައި އުފައްދާފައިވާ 32 މިލިއަން ފިރިހެން މަދިރި ދޫކޮށްލަނީ

މަދިރި މަދުކުރުމަށް ލެބޯޓްރީގައި އުފައްދާފައިވާ 32 މިލިއަން ފިރިހެން މަދިރި ދޫކޮށްލަނީ

ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ ފިރިހެން މަދިރިއެއް ފޮޓޯ: ސީޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖޫން 2026، 04:28

02 ޖޫން 2026، 04:28

މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ލެބޯޓްރީގައި އުފައްދާފައިވާ 32 މިލިއަން ފިރިހެން މަދިރި ދޫކުރުމަށް އެމެރިކާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ގޫގުލް އިން ހުށަހަޅައިފިއެވެ.
"ޑީބަގް"  ގެ ނަމުގައި ކުރިއަށްގެންދާ މި ސައިންޓިފިކް ޕްރޮގްރާމަކީ ބަލި ފަތުރާ މަދިރިތަކުގެ އާބާދީ މަދުކުރުމުގެ މަގްސަދުގައި ގޫގުލް އިން ހިންގާ ހާއްސަ މަޝްރޫއެކެވެ.

މި ރޭވުމުގެ ދަށުން، ލެބޯޓްރީގައި އުފައްދާ ފިރިހެން މަދިރިތަކަށް "ވޮލްބާކިއާ ޕިޕިއެންޓިސް" (Wolbachia pipientis) ކިޔާ ހާއްސަ ބެކްޓީރިއާއެއްގެ އަސަރު ފޯރުވާނެއެވެ. މިގޮތަށް ބެކްޓީރިއާ އަޅާފައިވާ ފިރިހެން މަދިރިތައް އާންމު އަންހެން މަދިރިތަކާ ގުޅިގެން އަޅާ ބިސްތަކުން މަދިރި ފަންޏެއް ނުއުފެދޭނެއެވެ. މީގެ ސަބަބުން  އެ ސަރަހައްދެއްގައި އުޅޭ މަދިރީގެ ޖުމްލަ އާބާދީ ދަށްވެގެންދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ގޫގުލްގެ މާހިރުން ފާހަގަކުރާ ގޮތުގައި، އިންސާނުންގެ ގައިގައި ހަފަނީ ހަމައެކަނި އަންހެން މަދިރި ކަމަށްވާތީ، ލެބުން އުފައްދާ މި ފިރިހެން މަދިރިތަކުގެ ސަބަބުން އިންސާނުންނަށް ހަށިގަނޑަށް އެއްވެސް ނުރައްކަލެއް ނުވަތަ މަދިރި ހެފުމުގެ އުނދަގުލެއް ކުރިމައްޗެއް ނުވާނެއެވެ. މި ތަޖުރިބާ ކުރިއަށް ގެންދިއުމަށްޓަކައި ގޫގުލް އިން މިހާރު ވަނީ އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ  ގެ ހުއްދައަށް އެދިފައެވެ.

މި މަޝްރޫއު ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ފްލޮރިޑާ އަދި ކެލިފޯނިއާގެ ސަރަހައްދުތަކުގައެވެ. އެގޮތުން ފުރަތަމަ އަހަރު 16 މިލިއަން މަދިރި އަދި ދެވަނަ އަހަރު އިތުރު 16 މިލިއަން މަދިރި ދޫކުރުމަށް ވަނީ ރޭވިފައެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ސޫފިތައް ދަރިމައިނުވާ ގޮތް ހަދައިގެން އާބާދީ ކޮންޓްރޯލް ކުރުމަކީ އައު ކަމެއް ނޫނެވެ. މި އުކުޅަކީ މީގެ ކުރިންވެސް ދަނޑުވެރިކަމަށް ގެއްލުންދޭ ސޫފިތަކާއި އެކި ބާވަތުގެ ނުރައްކާތެރި ސޫފިތައް ނައްތާލުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ އުކުޅެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450