Ads by Farudhun

ޚަބަރު

ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްހާ މަސްތުވާތަކެތި ހިފަހައްޓައިފި

ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްހާ މަސްތުވާތަކެތި ހިފަހައްޓައިފި

ކަސްޓަންސްއިން ހިފެހެއްޓި މަސްތުވާތަކެތި---

farudhun logo

ފަރުދުން

02 ޖޫން 2026، 09:52

02 ޖޫން 2026، 09:52

ވައިގެ މަގުން އެތެރެކުރަން އުޅުނު ކިލޯއެއްހާ މަސްތުވާތަކެތި މޯލްޑިވްސް ކަސްތަމްސް ސާރވިސަސްއިން ހިފަހައްޓައިފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން މިދިޔަ މަހުގެ 24ވަނަ ދުވަހު ހިފެހެއްޓި މި ތަކެތީގެ ބަރުދަނުގައި 941 ގްރާމް ހުއްޓެވެ. އަދި މިއީ މެތަމްފެޓަމިންކަމަށް ވެސް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން މި ތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން ރުފިޔާއަށް އަރާނެކަމަށް ވެސް ކަސްޓަމްސްއިން ވަނީ އަންދާޒާކޮށްފައެވެ.

ދިވެހިރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހޯދުމަށް ކަސްޓަމްސްއާ މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ކަމުގައި އެ މުވައްސަސާތައް އަންނަނީ ބޮޑެތި ކުރިއެރުންތައް ވެސް ހޯދަމުންނެވެ.

މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން  މަސައްކަތް ކުރަނީ ދެ މަގަކުންނެވެ. އެއީ ރާއްޖޭގައި ދައުރުވާ މަސްތުވާތަކެތި ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ މުޖްތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތް ހަރުދަނާކޮށްގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450