ޚަބަރު
ޕީއެންސީގެ ކޮންގްރެސްއަށް މުޅި ޕާޓީ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި: އިބްރާހިމް ޝުޖާއު
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ފޮޓޯ: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެންމެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ބޭއްވުމަށްޓަކައި މުޅި ޕާޓީން ވަރަށް ފުރިހަމައަށް ތައްޔާރުވަމުންދާކަމަށް އެ ޕާޓީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރަ އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މައުލޫމާތެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕާޓީގެ ކޮންގްރެސްއަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ދަނީ ވަރަށް ފުރިހަމައަށް ކުރިއަށެވެ.
މިރޭ ބޭއްވުނު މެންބަރުންގެ މަޖިލީހުގެ ބައްދަލުވުމާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ، މި ބައްދަލުވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުހިންމު ހުށަހެޅުއްވުމެއް ހުށަހެޅުއްވި ކަމަށެވެ. ރައީސް މުޢިއްޒު ހުށަހެޅުއްވި މި ހުށަހެޅުއްވުން މެންބަރުންގެ މަޖިލީހުގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ވަރަށް ގާތްގާތުގައި ބާއްވަމުން ގެންދާނެ ކަމަށެވެ. ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ނިންމުންތަކުގެ މަޢުލޫމާތު ސާފުކުރުމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް މިކަން ދަންނަވާކަމަށެވެ.
ޕީއެންސީން މިހާރު ދަނީ ޕާޓީގެ އެތެރޭގެ ހިންގުން ވަރުގަދަކޮށް، ކުރިއަށް އޮތް ބޮޑު ކޮންގްރެސްއަށް ވާންޖެހޭ އެންމެހައި އިދާރީ އަދި ސިޔާސީ މަސައްކަތްތައް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮންގްރެސް ޕާޓީގެ މެމްބަރުންގެ މަޖިލިސް ފެށިގެން ކުރިއަށްދާ ވާހަކަ މިޕާޓީގެ މެމްބަރުންގެ މަޖިލީހުގެ ނިންމުންތަކުގެ މަޢުލޫމާތު ސާފުކުރުމަށް ޝައުޤުވެރިވަޑައިގަންނަވާ އެންމެހައި ފަރާތްތަކަށް ދަންނަވަން.
— Ibrahim Shujau (@IbrahimShujaau) June 2, 2026
މެމްބަރުންގެ މަޖިލީހަށް ރައީސް ޑރ @MMuizzu މިރޭ ހުށައެޅުމެއް… pic.twitter.com/CvQhjS00pJ