Ads by Farudhun

ޚަބަރު

ބަޔަކު ރައީސަށް ހަސަދަވަނީ ބްރިޖު ނިންމާތީ ، ނުނިމި އިނީ ޗޮކްލެޓް ބާރއެއްވަރު ތަންކޮޅެއް: މެމްބަރު އިބްރާހިމް

ބަޔަކު ރައީސަށް ހަސަދަވަނީ ބްރިޖު ނިންމާތީ ، ނުނިމި އިނީ ޗޮކްލެޓް ބާރއެއްވަރު ތަންކޮޅެއް: މެމްބަރު އިބްރާހިމް

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު (އިއްބެ ޖަނާބް) ފޮޓޯ: ޕީއެންސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖޫން 2026، 10:55

03 ޖޫން 2026، 10:55

މާލެ އާއި ތިލަފުށި ގުޅާލުމަށް އަޅަމުންދާ ބްރިޖުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވަމުން ގެންދަވާތީ، ބަޔަކު އެމަނިކުފާނަށް ހަސަދަވެރިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު (އިއްބެ ޖަނާބް) ވިދާޅުވެއްޖެއެވެ.

މެމްބަރު އިއްބެ ޖަނާބް  ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒާ ވަކި ބަޔަކު ހަސަދަވެގެން، ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ އަސްލު ސަބަބަކީ ރާއްޖޭގެ ބޮޑެތި ދަރަނިތައް ދައްކަވައިދެއްވައި، ކުރިއަށް އޮތް ޖީލުތަކަށް އިގްތިސާދީ މިނިވަންކަން ހޯއްދަވައިދެއްވަމުން ގެންދަވާތީ ކަމަށެވެ.

ޚާއްޞަކޮށް، ކުރީގެ ސަރުކާރުން ފަށާފައިވާ ބްރިޖުގެ މަސައްކަތް މި ސަރުކާރުން ހަލުވިކަމާއެކު ކުރިއަށްގެންގޮސް ނިންމާލުމަކީ ބައެއް ފަރާތްތަކަށް ކެތްކުރަން ދަތި ކަމަކަށް ވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިއްބެ ޖަނާބް ވިދާޅުވީ، ބްރިޖުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ނުނިމި މިހާރު އިނީ "ޗޮކްލެޓް ބާރއެއްވަރުގެ" ކުޑަ ތަންކޮޅެއް ކަމަށެވެ. މިއީ ބްރިޖުގެ މަސައްކަތް ނިންމުމާ ވަރަށް ގާތްވެފައިވާކަން ހާމަކޮށްދިނުމުގެ ގޮތުން އޭނާ ބޭނުންކުރެއްވި މިސާލެކެވެ.

މި ސަރުކާރުން ބްރިޖުގެ މަސައްކަތް އަވަސްކޮށް، ކަނޑައެޅިފައިވާ ތާރީޚަށް މަޝްރޫޢު ނިންމުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450