Ads by Farudhun

ޚަބަރު

ހއ. މުރައިދޫގައި އަޅާ މިސްކިތުގެ ތަނބުތަކުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

ހއ. މުރައިދޫގައި އަޅާ މިސްކިތުގެ ތަނބުތަކުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

ހއ. މުރައިދޫގައި އަޅާ މިސްކިތުގެ މަސައްކަތް ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖޫން 2026، 01:23

03 ޖޫން 2026، 01:23

ހއ. މުރައިދޫގައި އަލަށް ބިނާކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ އަމަލީ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ މިސްކިތުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި މިސްކިތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ ބިނާއެކެވެ. މި މަޝްރޫޢުގެ ދަށުން މިސްކިތުގައި ވުޟޫކުރާނެ ބަޔަކާއި، މުންނާރާއި، ލައިބްރަރީއެއްގެ އިތުރުން ވަށާފާރާއި ލޭންޑްސްކޭޕިންގެ މަސައްކަތް ހިމެނެއެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް މިސްކިތް ބެލެހެއްޓުމަށްޓަކައި ސޯލާ ސިސްޓަމް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 7.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމާގޮތަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމްދީނަށް ލޯބިޖެއްސުމަށާއި، މިސްކިތްތައް ބިނާކޮށް އާބާދުކުރުމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ރައީސް މުޢިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން ޖުމްލަ 90 މަޝްރޫއެއް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.

މުރައިދޫގައި މި ބިނާކުރެވޭ މިސްކިތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ނަމާދުކުރުމާއި ދީނީ މައުލޫމާތު އުނގެނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450