Ads by Farudhun

ޚަބަރު

އިނގިރޭސި ޑެޕިއުޓީ ހައިކޮމިޝަނަރު ސީޕީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިނގިރޭސި ޑެޕިއުޓީ ހައިކޮމިޝަނަރު ސީޕީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިނގިރޭސި ޑެޕިއުޓީ ހައިކޮމިޝަނަރު ސީޕީގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތް / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

04 ޖޫން 2026، 02:41

04 ޖޫން 2026، 02:41

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ހައިކޮމިޝަނަރު، މިސްޓަރ ޓޮފް ވަހާބް، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު އޮންނަ ޒަމާންވީ ގުޅުން ބަދަހިކުރެއްވުމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި އިނގިރޭސިވިލާތުގެ ސެކިއުރިޓީ ދާއިރާއާ ގުޅުންހުރި އިދާރާތަކާއެކު ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ އިނގިރޭސިވިލާތުގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޔުނިޓުގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ޕްރޮޖެކްޓް އެންޑް ޕްރިޕެއާޑްނަސް އޮފިސަރ މިސްޓަރ މެތިއު ޕޮޓްސް ވެސް ބައިވެރިވެވަޑައިގެންފައެވެ.

ދިވެހި ފުލުހުންގެ ފަރާތުން ހާމަކުރައްވާފައިވާ ގޮތުގައި މި ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ، އިނގިރޭސިވިލާތާ ގުޅިގެން ކުރިޔަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކާޢި، ފަންނީ ޤާބިލްކަން އިތުރުކުރުމުގެ ކަންކަން މެދުނުކެނޑި ކުރިޔަށްގެންދިއުމާ ގުޅޭގޮތުންނެވެ. އަދި ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ގުޅިގެން އިތުރަށް މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރ ވަނީ، އިނގިރޭސިވިލާތުން މިފަދަ ކަންކަމުގައި ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރުދަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450