ވިޔަފާރި / ޚަބަރު

އާންމުންނާއި ވިޔަފާރިތަކަށް ބީއެމްއެލްއިން ޑޮލަރު ވިއްކާ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ

އާންމުންނާއި ވިޔަފާރިތަކަށް ބީއެމްއެލްއިން ޑޮލަރު ވިއްކާ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް---

farudhun logo

ފަރުދުން

04 ޖޫން 2026، 08:07

04 ޖޫން 2026، 08:07

އާންމު ރައްޔިތުންނާއި ވިޔަފާރި ބޭނުންތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޑޮލަރު ވިއްކާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ބޭރުން މުދާ ގެނައުމަށް ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރާއި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުންކުރާ ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފައިވާ ޑޮލަރާއި، ޑެބިޓް ކާޑާއި ކްރެޑިޓް ކާޑަށް ވިއްކާފައިވާ ޑޮލަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުންކުރާ ކާޑުގެ މުޢާމަލާތްތަކަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ވަނީ 345 މިލިއަން ޑޮލަރު ވިއްކާފައެވެ. އެއީ މަހަކަށް އެވަރެޖްކޮށް 69 މިލިއަން ޑޮލަރެވެ. ނަމަވެސް މުޅި އަހަރަށް ބަލާއިރު މިދިޔަ އަހަރު އެވަރެޖުކޮށް މަހަކަށް ވިއްކާފައި ވަނީ 47 މިލިއަން ޑޮލަރެވެ.

މީގެއިތުރުން ވިޔަފާރިތަކުން ރާއްޖެއިން ބޭރުން މުދާ ގެނައުމަށް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ވަނީ 147 މިލިއަން ޑޮލަރު ވިއްކާފައެވެ. އެއީ އެވަރެޖްކޮށް މަހަކަށް 29 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ އެވަރެޖު ހުރީ މަހަކަށް 15 މިލިއަން ޑޮލަރެވެ.

އަދި ޑެބިޓްކާޑާއި ކްރެޑިޓްކާޑުގެ މުޢާމަލާތްތަކަށް ވިއްކި ޑޮލަރުގެ އަދަދު ވެސް މި އަހަރު އިތުރެވެ. މޭ މަހުގެ ނިޔަލަށް އެވަރެޖުކޮށް 40 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިދިޔަ އަހަރުގެ އެވަރެޖު ހުރީ 33 މިލިއަން ޑޮލަރުގައެވެ. އެއީ މުޅި އަހަރު 390 މިލިއަން ޑޮލަރެވެ.

ހަމައެއާއެކު މި އަހަރުގެ މޭ މަހުގެ ނިޔަލަށް 45،764 ޓީޓީއަށް ވަނީ ބޭރު ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. އަދި މި އަހަރުގެ މޭ މަހުގެ ނިޔަލަށް ކާޑުން ހިންގި 3.1 މިލިއަން ޓްރާންސެކްޝަނަށް ބޭރުފައިސާގެ އެހީވަނީ ފޯރުކޮށްދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450