ވިޔަފާރި / ޚަބަރު

ޕާކިސްތާން މެޗުން ބަލިވުމުން ރާއްޖެއަށް ކުރިޔަށްދިއުމުގެ ފުރުޞަތު ގެއްލިއްޖެ

ރާއްޖޭގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެންދަނީ---

farudhun logo

ފަރުދުން

04 ޖޫން 2026، 09:21

04 ޖޫން 2026، 09:21

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި މިއަދު ޕާކިސްތާންއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުން 3-0އިން ބަލިވުމާ ގުޅިގެން، މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖޭގެ ޤައުމީ ޓީމަށް ގެއްލިއްޖެއެވެ.

ރާއްޖެއަށް ފުރުސަތު ގެއްލިފައި މިވަނީ، ފުރަތަމަ މެޗުގައި އަފްގާނިސްތާންއާ ބައްދަލުކުރި މެޗުން ވެސް 1-0އިން ބަލިވެފައިވުމުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕާކިސްތާނެވެ. އަދި ރާއްޖޭގެ ޓީމުން މަސައްކަތްކުރީ ކައުންޓަރއެޓޭކުގައި ޕާކިސްތާނުގެ ގޯލަށް ނުރައްކާކުރާށެވެ.

މެޗުގައި ޕާކިސްތާނަށް ލީޑު ނެގުނީ މެޗުގެ 53ވަނަ މިނެޓުގައި އެ ޓީމުގެ އުމަރު ނަވާޒު ކާމިޔާބުކުރި ގޯލުންނެވެ. އެއީ ޕާކިސްތާންގެ މުޙައްމަދު ހައްޔާން ރާއްޖޭގެ ގޯލަށް ފޮނުވާލި ހަމަލާއެއް ފައިސަލްގެ އަތުގައި ޖެހިފައި ނިކުތް ވަގުތު ނަވާޒު ކާމިޔާބުކުރި ގޯލެކެވެ. 

އެ ގޯލަށްފަހު ޕާކިސްތާން ޓީމުން މެޗު ލަސްކުރަން މަސައްކަތް ކުރުމުން، ރާއްޖެއަށް ވެސް އެދެވޭ ކުޅުމެއް ނުދެއްކުމެވެ. 

ނަމަވެސް މެޗު ނިމުމުގެ ކުރިން ޕާކިސްތާނުން ވަނީ އިތުރު ދެ ގޯލެއް ކާމިޔާބުކޮށަފައެވެ. އެއީ މެޗުގެ 83ވަނަ މިނެޓުގައި އަބްދުލް ސަމަދު ކާމިޔާބުކުރި ގޯލަކާއި، މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް ހާރޫން އައްރަޝީދެވެ.

ރާއްޖެއަށް ދެ މެޗުވެސް ގެއްލި ޕޮއިންޓެއް ލިބިފައިނުވާއިރު، މެޗުން މޮޅުވި ޕާކިސްތާނަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. އެއީ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް އެއްވަރުވެފައިވާތީއެވެ.

މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގައި ކޮންމެ ޓީމަކާއި ކޮންމެ ޓީމެއް ކުޅެ ނިމޭއިރު، އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު ދަތުރުކުރާނީ ފައިނަލަށެވެ. ދެ މެޗުން ބަލިވުމާއެކު ޕޮއިންޓެއް ނުލިބި އޮތް ރާއްޖެއަށް، ދެން އޮތް ތިން ޓީމާ ޕޮއިންޓުގެ ގޮތުން އަރާހަމަކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450