Ads by Farudhun

ޚަބަރު

ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުން ލިމިޓު ނުކުރާކަމަށް ބޭންކުން ބުނެފި

ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުން ލިމިޓު ނުކުރާކަމަށް ބޭންކުން ބުނެފި

ބޭންކް އޮފް މޯލްޑިވްސް / ފޮޓޯ: ބީއެމްއެލް

farudhun logo

ފަރުދުން

05 ޖޫން 2026، 02:25

05 ޖޫން 2026، 02:25

އާންމުކޮށް ބޭނުންކުރާ ޚިދުމަތްތަކާ ގުޅޭ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުން ލިމިޓު ނުކުރާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. 

ބީއެމްއެލްއިން މިކަން ހާމަކޮށްފައި މިވަނީ، ބައެއް ފަރާތްތަކުން ސަޕްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކޭތީ އެކަމާ ގުޅިގެން އޮޅުންތަކެއް އަރައި، އެކަމާ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ރުފިޔާ ކާޑުން ރާއްޖެއިން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވީނަމަވެސް، އާންމުކޮށް ބޭނުންކުރާ ޚިދުމަތްތަކާ ގުޅޭ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށެވެ.

ޑޮލަރުގެ ތާށިކަމާ ހެދި ބީއެމްއެލްއިން އެންމެ ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި އީކޮމާސް ވެބްސައިޓުތަކުން ކޮންމެ މީހަކަށް މަހަކު އެންމެ ގިނައިން މުއާމަލާތްތައް ކުރެވޭ އަދަދު 30އަށް ހެދުމާއި، ކޮންމެ ދުވަހަކަށް ވަކި ލިމިޓެއް މުޅި ރާއްޖެއަށް ކަނޑައެޅުން ހިމެނެއެވެ.

މިކަމާ ގުޅިގެން ބީއެމްއެލްއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގައި ނުހިމެނޭނެ ކަމަށާއި، އެފަދަ ޕޭމަންޓުތައް މަނާކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިފަދަ ކަމެއް ދިމާވެއްޖެނަމަ ބީއެމްއެލްއަށް ވަގުތުން އެންގުމަށް ވަނީ އެދިފައެވެ.

މި ހަފުތާގެ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭންކުގެ ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން ވަރަށް ބޮޑުތަނުން ލުޔެއް ދޭނެ ކަމުގެ އިޝާރާތއް ބީއެމްއެލްއިން ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450