Ads by Farudhun

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން އާންމުން ބާރުވެރި ކުރުވުމަށް ޚާއްޞަ މޮޑެލެއް ތަޢާރަފްކުރަނީ

ފަތުރުވެރިކަމުގެ ދާއިރާއިން އާންމުން ބާރުވެރި ކުރުވުމަށް ޚާއްޞަ މޮޑެލެއް ތަޢާރަފްކުރަނީ

ފަތުރުވެރިކަމުގެ ދާއިރާއިން އާންމުން ބާރުވެރި ކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ފަތުރުވެރިކަމާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

06 ޖޫން 2026، 11:32

06 ޖޫން 2026، 11:32

ފަތުރުވެރިކަމުގެ ދާއިރާއިން އާންމުން ބާރުވެރި ކުރުވުމަށް ޚާއްޞަ މޮޑެލެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

"ޕީޕަލް ސެންޓަރޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލް"ގެ ނަމުގައި ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ޕްރޮގްރާމަކީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. މިކަމާ ގުޅޭ ފަހުމު ނާމާގައި ހުކުރު ދުވަހު ވަނީ ސޮއިކޮށްފައެވެ.

މި މޮޑެލްގެ ޕައިލެޓް ޕްރޮގްރާމްތައް ފެށުމަށް ނިންމާފައި ވަނީ ބ އަތޮޅުގެ ދަރަވަންދޫ، ދޮންފަނު، ކިހާދޫ އަދި ކުޑަރިކިލުގައިކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރެއެވެ. އަދި މި ޕައިލެޓް ޕްރޮގްރާމަކީ އަންހެނުންނާއި ޒުވާނުންނާއި، އިސްރަށްވެހިންނަށް ފުރުސަތުތައް ފަހިކޮށްދީ، އާއިލާތަކަށް ބައިވެރިވެވޭ ފަދަ ފަތުރުވެރިކަމުގެ ނިޒާމެއް ބިނާކުރުމަށް ފަރުމާކުރާ މަޝްރޫޢެއް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި ފަތުރުވެރިކަން ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވިލަރެސްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިލަރެސްކުރާއިރު އިސްކަން ދޭނީ ރަށްރަށުގެ މުޖުތަމަޢުތަކުގެ ބޭނުންތަކާއި، ޝުއޫރުތަކަށް ކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. 

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ކުރިޔަށް ދާނީ މެޕިންގގެ މަސައްކަތްތަކެވެ. އަދި މިއީ މުސްތަގުބަލަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވެގެން ދާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

އަދި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ދެމެދު ވެވުނު ފަހުމުނާމާއަކީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގައި ރަށުގެ ފަރުދުންނަކީ އެންމެ މުހިންމު އެއް ބައިވެރިން ކަމުގައި ހަދައި، މުޖުތަމަޢުތަކަށް ފައިދާކުރަނިވި ފަތުރުވެރިކަމުގެ އައު މޮޑެލްއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450