Ads by Farudhun

ޚަބަރު

ދ. މީދޫގެ އިތުރުބުރުގެ ވޯޓު ފޮށްޓާ ގުޅޭ ޝަކުވާއަށް ހުޅުވާލައިފި

ދ. މީދޫގެ އިތުރުބުރުގެ ވޯޓު ފޮށްޓާ ގުޅޭ ޝަކުވާއަށް ހުޅުވާލައިފި

ދ. މީދޫ 2 ނަންބަރު ވޯޓު ފޮށި އަލުން ގުނުން / ފޮޓޯ: ޕީއެސްއެމް ނިއުސް

06 ޖޫން 2026، 12:08

ދ. މީދޫ ކައުންސިލް ރައީސްގެ އިތުރު ބުރުގެ ވޯޓުލުމަށް ރެޖިސްޓަރކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ. 

ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރެއް ނެގުމަށް ނިންމާފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެ ރަށުގައި ބެހެއްޓި ދ. މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.

އެގޮތުން މި ބުރުގެ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމާފައި ވަނީ މި މަހުގެ 13ވަނަ ދުވަހުއެވެ. 

ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިއަދުގެ ހެނދުނު 10:00 އިން ހަވީރު 4:00 ގެ ނިޔަލަށެވެ. މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.

މީގެއިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ. އަދި، ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް (https://pprvr.elections.gov.mv/statuscheck/vr)   މެދުވެރިކޮށްވެސް ޗެކް ކުރެވޭނެކަމަށް އީސީން ހާމަކުރެއެވެ. 

އަދި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް (https://my.elections.gov.mv) މެދުވެރިކޮށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450