ދުނިޔެ

ޣައްޒާގައި ފާއިތުވި 48 ގަޑިއިރު ތެރޭގައި 5 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގައި ފާއިތުވި 48 ގަޑިއިރު ތެރޭގައި 5 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގައި ފާއިތުވި 48 ގަޑިއިރު ތެރޭގައި 5 މީހުން ޝަހީދުކޮށްލުން - ފޮޓޯ : އަލަޖަޒީރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 ޖޫން 2026، 01:02

06 ޖޫން 2026، 01:02

އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާއަށް އަމާޒުކޮށް ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދިން ރަހުމުކުޑަ ހަމަލާތަކުގައި ފަލަސްތީނުގެ 5 މީހުން ޝަހީދުވެ، 49 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފިއެވެ.

ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ފަހުން ޝަހީދުވި މީހުންގެ ތެރޭގައި އަލަށް ދިން ހަމަލާތަކުގައި މަރުވި ދެ މީހުންނާއި، ކުރިން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މީހެއްގެ އިތުރުން، އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުން ފެނުނު ހަށިގަނޑެއް ހިމެނެއެވެ. އަދިވެސް ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައާއި މަގުމަތީގައި ތާށިވެފައިވާ ކަމަށާއި، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ސަލާމަތީ ފަރާތްތަކަށް އެ ސަރަހައްދުތަކަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އޮކްޓޯބަރު 11 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އަމަލީގޮތުން ހިނގަން ފެށި ފަހުންވެސް، އިސްރާއީލުން ދަނީ މި އެއްބަސްވުމާ ޚިލާފަށް ހަމަލާތައް ދެމުންނެވެ. ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ތާރީޚުން ފެށިގެން މިހާތަނަށް 951 މީހުން ޝަހީދުވެ، 2،984 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އިމާރާތްތަކުގެ ދަށުން މި މުއްދަތުގައި 782 މީހެއްގެ ހަށިގަނޑު ވަނީ ނެރެފައެވެ.

މީގެ އިތުރުން، ޖޫން 4، 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުން ޣައްޒާ ސިޓީގެ އެކި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި އެއް އާއިލާއެއްގެ ފަސް މީހުން ހިމެނޭހެން ޖުމްލަ 10 މީހުން ވަނީ ޝަހީދުވެފައެވެ. ޝަހީދުވި އާއިލާގައި ހިމެނެނީ މަންމައަކާއި ބައްޕައެއްގެ އިތުރުން އެމީހުންގެ ތިން ދަރިންނެވެ. މި ހަމަލާގައި 20 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ޝަހީދުވި މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އައްޝިފާ ހޮސްޕިޓަލުން ހަށިގަނޑުތައް އާއިލާތަކާ ހަވާލުކުރުމަށްފަހުގައެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައިވެސް، އިސްރާއީލުން ދަނީ ފަލަސްތީނުގެ ކުށެއްނެތް އާންމު ރައްޔިތުންނަށް އަމާޒުކޮށް މެދުނުކެނޑި ހަމަލާތައް ދެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450