Ads by Farudhun

ޚަބަރު

ވޯޓުލާ މަރުކަޒުގެ ކައިރީގައި އެމްޑީޕީން ޤަވާއިދާ ޚިލާފަށް ޢަމަލުކޮށްފި

ވޯޓުލާ މަރުކަޒުގެ ކައިރީގައި އެމްޑީޕީން ޤަވާއިދާ ޚިލާފަށް ޢަމަލުކޮށްފި

އައްޑޫގެ ބައި-އިލެކްޝަން---

farudhun logo

ފަރުދުން

06 ޖޫން 2026، 01:19

06 ޖޫން 2026، 01:19

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިޔަށްދަނިކޮށް، ވޯޓުލާ ސަރަޙައްދުގައި އިދިކޮޅު އެމްޑީޕީން އިންތިޚާބުތަކާ ބެހޭ ޤަވާއިދުތަކާ ޚިލާފަށް މަސައްކަތް ކޮށްފިއެވެ. 

އެގޮތުން އެ ޕާޓީން ވަނީ ޕާޓީގެ ލޯގޯ އެ ސަރަޙައްދުގައި ބޭނުންކޮށްފިއެވެ. އެ ލޯގޯ ބޭނުންކޮށްފައި ހުރީ ވޯޓުލާ މަރުކަޒުގެ ގޭޓު ކުރިމަތީގައި ހުރި ރީނދޫ ގޮނޑިތަކެއްގައެވެ. 

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 44ވަނަ މާއްދާގައި ބުނާ ގޮތުން، އިންތިޚާބު އޮންނަ ދުވަހު ތާއީދު ހޯދުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ނިޝާނާއި ނިޝާން ޖަހާފައިވާ ތަކެތި ގެންގުޅުމާއި އެ ތަކެތި ބޭނުން ބޭނުންކުރުމާއި، ތާއީދު ހޯދުމުގެ ގޮތުން އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ. އަދި މީގެ އިތުރުން ވެސް ތާއީދު ހޯދުމުގެ ގޮތުން ކުރެވޭ އެއްވެސް ކަމެއް އެ ދުވަހު ނުކުރެވޭނެއެވެ. 



އެހެންކަމުން އެމްޑީޕީން އިންޚާބުތަކާ ގޫޅެ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް ޢަމަލުކޮށްފައި ވާތީ މައްޗަށްގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު (ޖަނާބު) ވަނީ ވަރަށް ބޮޑަށް މިކަމަށް ފާޑު ވިދާޅުވެފައެވެ. އަދި މިކަން ކަމާ ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން އެ ބޭފުޅާ ވަނީ އެކްސްގައި ޕޯސްޓެއް ވެސް ޚިއްޞާކޮށްފައެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450