ޚަބަރު
ނިމުނު ހަފްތާގައި 84 މެޑިކަލް އިވެކުއޭޝަން ހަދައިފި
ކޯސްޓް ގާޑުން މެޑިކަލް އިވެކުއޭޝަނެއްގައި ހަރަކާތްތެރި ވަނީ / ފޮޓޯ: އެމްއެންޑީއެފް
ނިމުނު ހަފްތާގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާގެ 84 ކޭސްގައި ޝާމިލްވެ ބަލިމީހުން އުފުލައިފިއެވެ.
ކޯސްޓްގާޑުން ދެމުން އަންނަ މި ޚިދުމަތަކީ، އަތޮޅުތެރޭގެ ރަށްރަށުން ދެވެން ނެތް ޞިއްޙީ ޚިދުމަތްތައް ދޭންޖެހޭ ހާލަތެއް މެދުވެރިވެ ޞިއްޙީ އަވަސް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި، ބަލިމީހުން ކަނޑުމަގުން މާލެ އުފުލުމަށް ދެމުން އަންނަ އިންސާނީ އެހީއެކެވެ.
އެގޮތުން އެންމެ ގިނައިން މިފަދަ ކޭސްތަކުގައި އެހީތެރިވެދީފައި ވަނީ ކޯސްޓް ގާޑުގެ ފަސްޓް ސްކޮޑްރަންގެ ފަރާތުންނެވެ. އެ ސްކޮޑްރަންއިން ވަނީ 54 ބަލިމީހުން އުފުލައިދީފައެވެ.
އަދި ސެކަންޑް ސްކޮޑްރަންއިން 10 ބަލިމީހުން އުފުލާފައިވާއިރު، ތާރޑް ސްކޮޑްރަންއިން ވަނީ 16 ބަލިމީހުން އުފުލާފައެވެ. އަދި ފޯތު ސްކޮޑްރަންއިން އުފުލާފައި ވަނީ 4 ބަލި މީހުންނެވެ.
ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 84 މެޑިކަލް އިވެކުއޭޝަން ހަދައިދީފި. pic.twitter.com/UN6HMW3weF
— Maldives National Defence Force (@MNDF_Official) June 6, 2026
ކޯސްޓްގާޑަކީ ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތެވެ. އެގޮތުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އުޅަނދުފަހަރަށް ދިމާވާ ހާދިސާތަކުގައި މީހުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަށް ކޯސްޓްގާޑުން ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުންނެވެ.