ޚަބަރު
އައްޑޫ ސިޓީ ބައި-އިލެކްޝަން ހަނިގޮތަކަށް ސޯބެ ކާމިޔާބުކޮށްފި
އަބްދުﷲ ޞާދިގު (ސޯބެ) / ފޮޓޯ: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރި އަބްދުﷲ ޞާދިގު (ސޯބެ) ކާމިޔާބުކުރައްވައިފިއެވެ.
މިއީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އޭނާގެ ގޮނޑި ގެއްލުމުން ކުރިޔަށް ގެންދިޔަ ބައި-އިލެކްޝަނެކެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4,121 މީހަކަށް ލިބިގެންވެއެވެ. އަދި އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ 16:00އަ ހަމައަށް ވޯޓުލާފައި ވަނީ 2،563 މީހުންނެވެ.
މި އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވީ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ)އެވެ.